ދިވެހިރާއްޖެ
(IUL)337-PP/337/2026/36 ނަންބަރު
އިޢުލާން
މާފުށީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ކުޅިވަރު މުބާރާތްތައް ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ(.)
މިކައުންސިލްގެ ސްޕޯޓްސް ކަލަންޑަރުގައިވާ ގޮތަށް މުބާރާތްތައް ކުރިއަށް ގެންދިއުމަށާއި،މި ކަލަންޑަރުގައި ހިމެނޭ ކައުންސިލް "ވޮލީބޯޅަ މުބާރާތް" ކައުންސިލް " ފިއެސްޓާ 2026، އަދި ކައުންސިލް ފުޓްބޯޅަ މުބާރާތް 2026، ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ރަށުގެ ކްލަބްތަކާއި،ޖަމްއިއްޔާތައް ނުވަތަ އަމިއްލަ ވިޔަފާރިތައް 08 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ކޮންމެ މުބާރާތަކަށް ވަކިވަކިންނެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ މޯބައިލް ނަންބަރު: 7201050 އަށް ގުޅުއްވުން އެދެމެވެ.
ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް:
|
އަގު |
ތަޖުރިބާ |
|
80% |
20% |
މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ގޮތުގެ ޝެޑިއުލް ތިރީގައި އެވަނީއެވެ.
14 މުޙައްރަމް 1447
29 ޖޫން 2026