ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2026/45
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:56
ސުންގަޑި:
16 ޖުލައި 2026 14:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް
ލ.ގަމު މުކުރިމަގު އަވަށު މަސްޖިދުލް ޒިކުރާ މިސްކިތުގެ ގޯތީގެ ދެކުނު ފަރާތު ފުޓްބޯޅަ ދަނޑާ ދޭތެރޭގައިވާ ރުއްގަހުގައި މި އިދާރާއިން A-1 ން A- 37 ނަމްބަރ ޖަހާފައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެ އެވެ.
ވީމާ، މަތީގައި ދަންނަވާފައިވާ ސަރަޙައްދުގައި ނަމްބަރ ޖަހާފައި ހުރި ރުއް ގަހުގެ ވެރިން މި އިދާރާއަށް ދުރުވެ "ރުއް ގަހުގެ ހިސާބު ހުށަހަޅާ ފޯމު" ނަންގަވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14.00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ.
25 ޖޫން 2026