ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: TENDER/HMH/2026/024-R1
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 05 ޖުލައި 2026 10:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ 14 ސީޓަރ ވޭންއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ 14 ސީޓަރ ވޭން އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިޢުލާން ނަންބަރު TENDER/HMH/2026/024އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީއާ ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެޢިއުލާން  ބާތިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ރެޖިސްޓްރޭޝަން ފޯމް

2026ޖުލައި 5 ވާ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. އަގު ހުށަހެޅޭނީ ބީލަމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

 

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

ބިޑް ރެޖިސްޓްރޭޝަން ފޯމް ލިންކް:  

https://forms.office.com/r/Rq2eTQpFME

އަންދާސީ
ހިސާބު ހުށަހެޅުން:

2026 ޖުލައި 9 ވާ ދުވަހުގެ މެންދުރު 12:30 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ  2026 ޖުލައި 7 ވާ  ދުވަހުގެ މެންދުރު 12:00ގެ ކުރިން tender@hmh.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯދެވުމަށް:

އީ-މެއިލް:tender@hmh.gov.mv

 

   
   
   
29 ޖޫން 2026