ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2026/67
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:42
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވިއްސާރައިގައި ލިބޭ ގެއްލުންތައް ރިޕޯޓްކުރުމާއިގުޅޭ
ހުޅަނގު މޫސުމުގައި މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އާއްމުންގެ މުދަލަށާއި ތަކެއްޗަށް ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު މިއިދާރާއަށް ރިޕޯޓުކުރަމުން ގެންދިއުމަށާއި އެފަދަ ކާރިސާ / ހާދިސާތަކުގައި ލިބޭ ގެއްލުމުގެ މަޢުލޫމާތު، ހާދިސާ ހިނގިތާ 48 ގަޑިއިރުތެރޭގައި ހުށަހެޅުމަށް ދަންނަވެމެވެ. އަދި އެފަދަ ކާރިސާ / ހާދިސާ ތަކުގެ މައުލޫމާތު ހިއްސާ ކުރައްވާނީ މިކައުންސިލްގެ ވައިބަ ނަންބަރ: 7339830 އަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
29 ޖޫން 2026