ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (WDC) އިން އިސްނަގައިގެން، ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ބޮޑުބެރު ޖަހަން ދަސްކޮށްދޭ ޕްރޮގްރާމެއް 10 ޖުލައި 2026 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ދިވެހި ޘަގާފީ މިއުޒިކްގެ ތެރޭގައި ހިމެނޭ ބޮޑުބެރު ޖެހުމުގެ ފަންނު ކަނބަލުންގެ މެދުގައި ދިރުވައި އާލާކުރުމާއި، އަންހެނުން ބާރުވެރިކުރުވައި، އިޖުތިމާއީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ކަނބަލުންގެ ބައިވެރިވުން އިތުރުކުރުވުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމް އެކެވެ.
ވުމާއެކު، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކަނބަލުން، ތިރީގައިވާ ލިންކް މެދުވެރިކޮށް 07 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރިހަމަކުރައްވައި ހުށަހެޅުއްވުން އެދެމެވެ. މީގެ އިތުރުން، ނަންނޯޓު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ކެނދިކުޅުދޫ ކައުންސިލްގެ ކައުންޓަރަށް ގުޅުއްވައިގެން ވެސް ރަޖިސްޓްރީވުމުގެ ފުރުޞަތު އޮންނާނެއެވެ.
ރަޖިސްޓްރޭޝަން ފޯމް: https://forms.cloud.microsoft/r/f7wez35zug
މި ޕްރޮގްރާމް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6560013 ނުވަތަ 9138123 ފޯނު ނަންބަރާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.