ޢާންމު މަޢުލޫމާތު
ނަންބަރު: GS-171/IUL/2026/07
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 05 ޖުލައި 2026 10:00
ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
މިސްކޫލުގެ ވޯކްވޭ ހިޔާކުރުން

މިސްކޫލްގެ ވޯކްވޭ ހިޔާކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެ.

1        ތިރީގައި ބަޔާން ކުރެވިފައިވާ މަސައްކަތް، މިސްކޫލުން ދެއްވާ މަޢުލޫމާތާއި އެއްގޮތަށް ކޮއްދޭނެ ފަރާތެއް ހޯދުމަށް އަގުހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ވޯކްވޭ ހިޔާކުރުން

2        މިމަސައްކަތަށް ކުރިމަތިލާ  ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުޠު:

ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީއެއްއޮތް ފަރާތެއް ކަމުގައިވުން.

3        މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން، 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ސްކޫލަށް ހާޟިރުވެ  ނަންނޯޓު ކުރެއްވުމަށްފަހު 5 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އަގު ހުށައެޅުއްވުން އެދެމެވެ.

29 ޖޫން 2026