ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)271-ESMS/271/2026/22
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 01 ޖުލައި 2026 12:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
20 މީޑީއަމް ބެކް އޮފީސް ގޮނޑި ހޯދުމަށް ކުރި އިއުލާނާއި ގުޅުގެން ހުށަހެޅި ބިޑްތަށް އިވެލުއޭޓް ކޮށް އެވޯޓް ޑާޓާ ސީޓް އާންމުކުރުން

އިއުލާން

28 ޖޫން 2026 ވަނަދުވަހު ބޭއްވުނު މިއިދާރާގެ ބިޑްކޮމެޓީގެ 2026 ވަނައަހަރުގެ 06 ވަނަ ޖަލްސާގެ އެވާރޑް ޑާޓާޝީޓް ޢާންމުކުރަމެވެ.

        އެވާރޑް ޑާޓާޝީޓުގައިވާ މަސައްކަތާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ ރަސްމީ 3 ދުވަހުގެ ތެރޭގައި ލިޔުމަކުން ޝަކުވާ ހުށަހެޅުއްވުން އެދެމެވެ.

 

-  "މި އިޢުލާނުގައިވާ ގޮތުގެ މަތިން ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ އުސޫލަކީ، ހުށަހަޅާ އަގަށް %70، މުއްދަތަށް %25 އަދި ތަޖުރިބާއަށް %5 އެވެ. މި އުސޫލުން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކާ މަސައްކަތް ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ.

-   ނަމަވެސް، ބިޑް ކޮމިޓީން ބިޑްތައް އިވެލުއޭޓް ކުރިއިރު، އެންމެ މަތިން ޕޮއިންޓް ލިބުނު 'ސޯލް ކީ' (SP06752023) އިން ހުށަހަޅާފައިވާ ބިޑުގައި، ވިޔަފާރީގެ ވެރިފަރާތަށް ހާޒިރުނުވެވޭ ހާލަތްތަކުގައި އެހެން ފަރާތެއް މެދުވެރިކޮށް ބިޑް ހުށަހެޅުމާއި، އެ ފަރާތަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށްޓަކައި ބޭނުންވާ 'ޕަވަރ އޮފް އެޓަރނީ' ލިޔުން ހުށަހަޅާފައި ނުވާކަން ފާހަގަކުރަމެވެ."

 

-  "މި މަސައްކަތަށް އިޢުލާންކުރިއިރު ބީލަންވެރިންނަށް ދޫކޮށްފައިވާ އިރުޝާދު (ބިޑް ބޫކް) ގެ 3.3.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތިފައި ނުވާތީ، މި ބިޑަކީ ބަލައިގަނެވޭނެ ބިޑެއް ނޫންކަމަށް ނިންމަމެވެ."

-   "3.3.1: ޕްރައިވެޓް ލިމިޓެޑް ކުންފުނިތަކުން، މެނޭޖިންގ ޑިރެކްޓަރު ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ، އެ ފަރާތަކަށް ސޮއިކުރުމުގެ ބާރު ނުވަތަ ހުއްދަ ދީފައިވާކަން ބަޔާންކުރާ 'ޕަވަރ އޮފް އެޓަރނީ' ގެ ކޮޕީއެއް ބީލަމާއެކު ހުށަހަޅަންވާނެއެވެ."

-  " 'ސޯލް ކީ' އިން 'ޕަވަރ އޮފް އެޓަރނީ' ހުށަހަޅާފައި ނުވާތީ، އެ ފަރާތުގެ ބިޑް ބަލައިނުގަތުމަށް ބިޑް ކޮމިޓީން ވަނީ ނިންމާފައެވެ. އެހެންކަމުން، އިވެލުއޭޝަން މަރުޙަލާގައި ދެން އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ 'ސޭންޓް ސްޓޯން ޕްރައިވެޓް ލިމިޓެޑް' އާ މި މަސައްކަތް ޙަވާލުކުރުމަށް ބިޑް ކޮމިޓީން އިޤްރާރުވެ ނިންމަމެވެ."

-  އެހެން ކަމުން މި ބިޑް ކާމިޔާބު ވެފައިވަނީ ސޭންޑް ސްޓޯން ކަން ފާހަގަ ކުރަމެވެ.

29 ޖޫން 2026

 
29 ޖޫން 2026