ދިވެހިރާއްޖެ
އިޢުލާން
އިނގުރައިދޫ ކައުންސިލާއި އ.ތ.މ ކޮމެޓީގެ ޤުރްއާން މުބާރާތް 2026 އާއި ގުޅޭ
ރައްޔިތުންގެ މެދުގައި މާތްވި އިސްލާމްދީނަށް ލޯބިޖައްސާ ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވާ އާލާ ކުރުމުގެ ރޫޙު އިތުރުކުރުމުގެ ގޮތުން އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން މިހިނގާ 2026 ވަނައަހަރުގެ އޮގަސްޓް މަހުގެ 06 އިން 08 އަށް ހުރިހާ ޢުމުރު ފުރާއަކަށް ހުޅުވާލައިގެން ކައުންސިލް އަދި އ.ތ.މ. ކޮމެޓީއިން ޤުރްއާން މުބާރާތެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ތިރީގައިވާ ލިންކު މެދުވެރިކޮށް ފުރުއްވުން އެދެމެވެ. ލިޔުމުން ހުށަހަޅާ ފޯމްތަށް ބަލައިގަތުން އޮންނާނީ 29 ޖޫން 2026 ވާ ހޯމަ ދުވަހުން ފެށިގެން 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 14:00 އަށެވެ. ފޯމް އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން މެއިލް ކުރާނީ[email protected] އަށެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6580028 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.
ފޯމް ލިންކު: https://forms.gle/9B4928ntKdjMZS2v8