ދިވެހިރާއްޖެ
އިޢުލާން
ފަޅުގޯތިތަށް ސާފުކުރުމާއި ގުޅޭ
މި ރަށުގެ ބައެއް ފަޅުގޯތިތަކުގައި ވިނަ ހެދި، ގަސްތައް ބޮޑުވެ، ޖަންގަލި ފަދަ ތަންތަނަށް ވުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ތަފާތު ދަތިތަކާއި އުދަނގޫތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ މި އިދާރާއަށް ދަނީ ލިބެމުންނެވެ.
މިގޮތަށް ފަޅަށް ހުންނަ ގޯތިތައް ސާފުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ގަސްފެޅުމާއި، އެސަރަޙައްދުތަކަށް ކުނި ޖަމާވުމުގެ ސަބަބުން، ސަރަހައްދުތައް ވަރަށްބޮޑަށް ހަޑިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން މިފަދަ ތަންތަނުގައި މަދިރި އާއި ހުވަނި ފަދަ ތަކެތި އާލާވާ ތަންތަނަށް ވެ، މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތައް މުޅި މުޖުތަމައުގައި ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި މިދުވަސްވަރަކީ އާދަޔާ ޚިލާފަށް މަދިރިއާއި ހުވަނި ގިނަ ދުވަސްވަރަކަށްވެފައި ހުވަންޏަކީވެސް އޭގެ ސަބަބުން އެކިއެކި ސިއްޙީ މައްސަލަތައް ދިމާވާ އެއްޗަކަށް ވާތީ، މިއީ އާންމު ސިއްހަތަށް އޮތް ނުރައްކަލަކަށް ވުމާއެކު، މިކަމަށް އެންމެހައި ރައްޔިތުން ސަމާލުކަން ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.
އެހެންކަމުން، ގޯތިތަކުގައި މީހުން ދިރިނޫޅުނު ކަމުގައި ވިޔަސް، އެއީ އެ ގޯއްޗެއްގެ ވެރިފަރާތުން ސާފުތާހިރުކޮށް ބަލަހައްޓަންޖެހޭ ތަންތަނެވެ. ގޯތިތަކުގެ ވެރިފަރާތްތަކުން ތިމާގެ ގޯއްޗާއި، ގޯތީގެ ވަށައިގެންވާ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ.