ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)AEH/AEH/2026/60
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 16 އޮގަސްޓް 2026 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް އާއި ގުޅޭ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް

 

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ( އޮގަސްޓު 2026 ) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 1 ޖުލައި 2026 ދުވަހުން ފެށިގެން 16 އޮގަސްޓު 2026 ވާ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

 

އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު

1- މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން.

2- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ސައްޙަ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން.

3- ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން.

 

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1- މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ  (މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓެޑް ކޮށްފައި)

2- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ ސައްޙަ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓް ކޮށްފައިވާ ކޮޕީ

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު / ޕާސްޕޯޓް ކޮޕީ

4- ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ

5- ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ

6- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް

 

ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ލިބޭނެ ގޮތްތައް:

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމް ތިރީގައިވާ ލިންކުން  ޑައުންލޯޑް ކުރެވޭނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

ޕްރޮގްރާމަށް އެދި ފޯމު ހުށަހަޅާނެ ގޮތް:

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މެޑިކަލް އިންޓަރންޝިޕަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް މަތީގައި ދެންނެވުނު ހުރިހާ ލިޔެކިޔުންތަކާއި އެކު 16 އޮގަސްޓު 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން  އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އެޑްމިން އޮފީހަށް ހުށަހެޅުމަށް އެދެމެވެ. އަދި އީމެއިލްގެ ޒަރިއްޔާއިން ފޮނުވާނަމަ[email protected] 

އީމެއިލް މެދުވެރިކޮށް ފޯމު ބަލައިގަނެވޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށެވެ.

 

(ނޯޓް: ފުރިހަމަކޮށްފައިވާ ފޯމު އީމެއިލްގެ ޒަރިއްޔާއިން ފޮނުވާއިރު އެޕްލިކޭޝަން ފޯމާއި އެކު ހުރިހާ ލިޔެކިޔުންތަށް އެއް ޕީ.ޑީ.އެފް ފައިލްއެއްގައި ހިމެނުމަށް ދަންނަވަމެވެ.)

 

 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6885045 ފޯން ނަންބަރަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

29 ޖޫން 2026