ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)274/INDIV/2026/57
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 29 ޖޫން 2026 13:00
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ އ.ތ.މ ކޮމެޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ކަސްރަތު ޕްރޮގްރާމުގެ އިންސްޓްރަކްޓަރގެ ކެއުން ހަމަޖެއްސުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތައް ށ.ފޭދޫ އ.ތ.މ ކޮމެޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ކަސްރަތު ޕްރޮގްރާމުގެ އިންސްޓްރަކްޓަރގެ ކެއުން ހަމަޖެއްސުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތައް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (feydhoo.gov.mv)  އަދި ދިވެހި ސަރުކާރުގެ ގެޒެޓުން (gazette.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  3. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
  4. ބީލަން ހުށަހަޅަން ވާނީ 29 ޖޫން 2026ވާ ދުވަހުގެ 13:00 ގެ ކުރިން މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާއަށެވެ.
  5. ހުށައަޅާ ބީލަން ވަޒަންކުރާނޭ މިންގަނޑާއި، ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖޫން 2026