ބީލަން
ނަންބަރު: (IUL)380/2026/10
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 05 ޖުލައި 2026 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތް "މިނިވަން 26-2026 " ހިންގައިދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢްލާން

ދ.މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތް "މިނިވަން 26-2026" ހިންގައިދޭނެ ފަރާތެއް ހޯދުމާގުޅޭ

ދ.މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތް "މިނިވަން 26-2026 " ހިންގައިދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ބޭނުން ވެއެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

1- މުބާރާތާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2026 ޖުލައި 05 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

2- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ޖުލައި 07 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

އިތުރު މަޢުލޫމާތު

ހ- މި އިޢްލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް  ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

ށ- މަޢުލޫމާތު ސާފްކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ނ- ގަޑީގެފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ރ- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

ބ- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް

80%

ތަޖުރިބާއަށް(ތަޖްރިބާގެ ގޮތުގައި ބަލާނީ ގިނަ މުބާރާތްތައް ހިންގާފައިވާ ފަރާތަކީ ބެންޗް މާކު ކަމުގައި ބަލައިގެންނެވެ.)

10%

އެންމެ ރަނގަޅު އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކަށް (އެންމެ ރަނގަޅު އަންދާސީ ހިސާބެއް ކަނޑައަޅާނީ ކައުންސިލުން ބެލުމަށްފަހު ކައުންސިލުން ނިންމާ ގޮތެއްގެ މަތިންނެވެ.)

10%

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ. އަންދާސީ ހިސާބު

ށ. ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ. އައިޑީކާޑު ކޮޕީ

ރ. މަސައްކަތު ތަޖުރިބާއަށް ލިޔުމެއް ލިބިފައިވާނަމަ އެލިޔުމެއްގެ ކޮޕީ

ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް

ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

28 ޖޫން 2026