މަސައްކަތް
ނަންބަރު: 567-A/2026/08
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 19 ޖުލައި 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓް ރޫމް މަރާމާތުކުރުމުގެ މަސައްކަތް

އިޢުލާން

ކޯޓްރޫމް މަރާމާތުކުރުމުގެ މަސައްކަތާއި ގުޅޭ؛

މިކޯޓުގެ ކޯޓުރޫމް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް އިންނަމާދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކޮށް ރަޖިސްޓްރީކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް/ ދުވަސް

ސުންގަޑި

މަޢުލޫމާތު ސާފުކުރުމާއި ރަޖިސްޓްރީކުރުން

07 ޖުލައި 2026 (އަންގާރަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

19 ޖުލައި  2026 (އާދީއްތަ)

13:00

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މިކޯޓުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7369195 މޯބައިލް ނަމްބަރަށް ކަމުގައި ދަންނަވަމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖޫން 2026