ޢާންމު މަޢުލޫމާތު
ނަންބަރު: 590-A/2026/12
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 02 ޖުލައި 2026 13:00
މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގުކުރުމަށްޓަކައި އެކުލަވާލައިފައިވާ ދަފްތަރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

    މިކޯޓަށް ހުށަހެޅި ހިނގަމުންދާ ޤަޟިއްޔާތަކާއި ގުޅިގެން ތަންތަނާއި ތަކެތީގެ އަގެއް ކަނޑައަޅަންޖެހޭ ޙާލަތެއްގައި އަގުކުރުމަށްޓަކައި އެކުލަވާލައިފައިވާ ދަފްތަރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން އަގުކޮމިޓީގައި ހިމެނިގެން އަގުކުރުމުގެ މަސައްކަތްކުރާ ކޮންމެދުވަހަކަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ރޭޓުން އުޖޫރައެއް ދެވޭނެއެވެ.

ވީމާ، މިއަގުކޮމިޓީގެ ދަފްތަރަށް ކުރިމަތިލައްވަން ޝައުގުވެރިވެލައްވާ ބޭފުޅުން، އެބޭފުޅެއްގެ އައިޑީކާޑްގެ ކޮޕީއަކާއެކު 02 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން އަގު ކޮމެޓީއަށް އެދި ހުށަހަޅާ ފޯމު ފުރުއްވުމަށްފަހު، މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

28 ޖޫން 2026