ދިވެހިރާއްޖެ
މިމިނިސްޓްރީއިން ޤާއިމުކުރާ ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ 20,000 (ވިހި ހާސް) ޓްރޯލް ފްލޯޓްސް ތައްޔާރުކޮށް ފެޑް ސެންޓަރަށް (ހުޅުމާލެ) ފޯރުކޮށްދޭނެ ފަރާތެއް ހޯދަންކުރި ނަންބަރު (IUL)30-P1/30/2026/2 އިއުލާނާއި ގުޅިގެން ތަކެތި ފޯރޮކޮށްދެވިފައިނުވާތީވެ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 7 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322625އަދި 3339239 ނަންބަރު ފޯނަށެވެ.