ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)410-A/410/2026/9
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 08:57
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކްލަބް ޖަމުޢިއްޔާ ޖަމާޢަތްތައް ބާރުވެރި ކުރުވުން

މި ރަށުގެ ކުރިއެރުމަށް އުފައްދާފައިވާ ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން މިހާރަކަށް އައިސް އެކަށީގެންވާ ހަރަކާތްތަކެއް ބައެއް ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުން، އެ ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުން ކަނޑައަޅާފައިވާ މަޤުޞަދުތަކާއެއްގޮތަށް ކުރިއަށް ނުގެންދާކަމާއި އަދި ބައެއް ޖަމުޢިއްޔާތަކުން ޤަވާޢިދުން ހިންގާ ކޮމިޓީ އިންތިޚާބު ކުރަމުން ނުގެންދާކަމާއި، އަހަރީ ރިޕޯޓްތައްވެސް ޤަވާއިދުން ތައްޔާރުކޮށް ކަމާބެހޭ ފަރާތަށް ފޮނުވަމުންނުދާކަމާއި، އަދި ބައެއް ކްލަބު ޖަމުޢިއްޔާތަކުގައި، އެޖަމުޢިއްޔާތަކުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއްވެސް ނޯންނަކަން މިކައުންސިލަށް ފާހަގަ ކުރެވެއެވެ.

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ޤާނޫނުގެ ދަށުން، ރަށުގެ ތަރައްޤީއާއި އިޖުތިމާޢީ ކަންކަމުގައި މަދަނީ ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ކައުންސިލްތަކަށް ޤާނޫނުން ލާޒިމުކޮށްފައިވާ މުހިންމު ޒިންމާއެކެވެ.

 

މިހެންކަމުން ރަށުގެ މަދަނީ ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ހިންގުން ހަރުދަނާކޮށް، މިފާހަގަކުރި ކަންކަން "ޖަމުޢިއްޔާ ހިންގާ ޤަވާޢިދާއި" އެއްގޮތަށް ކާމިޔާބު ކްލަބަކަށް ނުވަތަ ޖަމުޢިއްޔާއަކަށް ނުވަތަ ޖަމާޢަތަކަށް ހެދުމަށް މަސައްކަތް ކުރުމަށާއި، މަދަނީ ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ދައުރު، ރަށުގެ އެކިއެކި ކަންކަމުގައި ރޭވުންތެރިކަމާއިއެކު ކުރިއަށް ގެންދިއުމަށް ހަނދާންކޮށްދެމެވެ. އަދި އިތުރަށް ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތައް ބާރުވެރި ކުރުމަށް 5 ވަނަ ދައުރަށް މި އިންތިޚާބުކުރެވުނު މި ކައުންސިލުން ކުރިއަށް އޮތްތާގައި އެއްބާރުލުންދޭން ބޭނުންވާތީ އެކަންކަމަށް ސަމާލުވެ ރަށުގެ ހުރިހާ ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ތައްޔާރުވެ ތިބުމަށް ހަނދުމަކޮށްދެމެވެ.

 

އެންމެން ގުޅިގެން ސިވިލް ސޮސައިޓީ ހަރުދަނާ ކުރެވޭނީ މި މަގަށް ކަންކަން ތަރުތީބުކޮށްގެންނެވެ. އެފަދަ އެއްވެސް ކްލަބު ޖަމުޢިއްޔާ ޖަމާޢަތަކަށް، އެފަރާތަކުން ރާވައި ހިންގާ އެއްވެސް ހަރަކާތަކަށް ކައުންސިލުން ރާވައި ޕްރޮގްރާމްތަކުގެ ތެރެއިންވެސް އެއްވެސް މިންވަރެއްގެ އިންކައިންޑް އެހީއެއްވެސް ތަރުތީބުކުރެވެން އަންނާނީ މިގޮތަށް ކަންކަން ތަރުތީބު ކޮށްގެން ކަމުގައި ދެންނެވީމެވެ. އަދި މިފަދަ އެއްވެސް ފަރާތަކަށް އެއްވެސް ކަމަކަށް ކައުންސިލުން ދެއްވާ އިންކައިންޑް ފައިސާގެ އެހީއެއްވިޔަސް ޖަމާކުރެވޭނީ ޤަވާޢިދުން ރަޖިސްޓްރީވެގެން ހިންގާ އަދި އެފަރާތުގެ ނަމުގައި އޮންނަ ބޭންކް އެކައުންޓަކަށެވެ. އަދި މި ނޫން އެހެން ފަރާތެއްގެ އެކައުންޓަކަށް ޖަމާކޮށްނުދެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

 

"ޖަމުޢިއްޔާތަކުގެ ޤާނޫނު" (ނަންބަރު 2022/3) އާއި އަދި "ޖަމުޢިއްޔާތަކުގެ ޤަވާޢިދު" (ނަންބަރު 2074/R-74) އާ އެއްގޮތަށް، ތަފާތު އެކިއެކި ކަންކަމުގައި ރަށުގައި ހަރަކާތްތެރިވާ މަދަނީ ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތައް އުފައްދާ ހިންގުމަކީ މިކައުންސިލުން ވަރަށް ބޮޑަށް ތަރުޙީބު ދޭން ބޭނުންވާ ކަމެއްކަމުގައި ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

އަދި ކޮންމެ ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ތައްޔާރުކޮށް ކަމާއި ބެހޭ ފަރާތަށް ކޮންމެ އަހަރަކު ފޮނުވާ އަހަރީ ރިޕޯޓުތައް މި ކައުންސިލަށް ސީސީ ކުރުމަކީވެސް މި ކައުންސިލުން ވަރަށްބޮޑަށް އެދޭކަމެއް ކަމުގައިވެސް ދެންނެވީމެވެ.

 

ކްލަބު ޖަމުޢިއްޔާ ޖަމާޢަތްތައް ރަޖިސްޓްރީ ކުރުމަށް، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ މި ޕޯޓަލް  https://sportgate.mv/  އިޚްތިޔާރު ކުރައްވާ !

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި  އިޢުލާން ކުރީމެވެ.

28 ޖޫން 2026