ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1140/1140/2026/1006
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 22:44
ސުންގަޑި: 01 ޖުލައި 2026 14:00
އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ މުނިސިޕަލް ސުޕަރވައިޒަރުންގެ ޕޫލް އެކުލަވާލުން

ވަގުތީ މުނިސިޕަލް ސުޕަރވައިޒަރުންގެ ޕޫލް އެކުލަވާލުން

މިއިދާރާގެ މުނިސިޕަލް ސްޕަވައިޒަރުން  ޗުއްޓީ ނުވަތަ ސަލާމް ބުނުމުން، ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް، ނުވަތަ ޙާއްޞަ މަސައްކަތްތައް ތަކާއި ގުޅިގެން، ވޭޖް އުސޫލުން ޕޫލެއް އެކުލަވާލުމަށްޓަކައި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.

މަޤާމު

ސުޕަވައިޒަރ 

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ 1 އަހަރު

މަސައްކަތުގެ ޝަރުތު

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓެއް ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން. ނުވަތަ
  • މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ'  ގްރޭޑް ލިބިފައިވުން. ނުވަތަ
  • ސުޕަރވައިޒަރ ލެވެލްގެ މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއެކު، މިފަދަ މަޤާމެއް އަދާ ކުރި ފަހުން 1 އަހަރަށްވުރެ ގިނަ މުއްދަތު ހޭދަވެފައި ނުވުން.

މަސައްކަތުގެ އުޖޫރަ

  • މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 75.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑުއަތޮޅު އައްޑޫމީދޫ ކައުންސިލްގެ އިދާރާ 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ތާރު އަޅާފައިވާ މަގުތައް ފޮހެ ސާފުކުރުވުން.

2-      ބަނދަރުމަތީ ކުނިނަގާ ވިނަނޮޅާ ސާފުކުރުވުން.

3-      ބޯޅަ ދަނޑުތަކާއި، ކުޅިވަރު ކުޅޭ ބިންތަކާއި ޕާރކުފަދަ ތަންތަނުގައި ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކުރުވުން.

4-      މަގަށް  ދަތިވާ ގޮތަށް ހުންނަ ގަސްތައް ކަނޑައި ސާފުކުރުވުން.

5-      މަގަށް ދަތިވާގޮތަށް ވެއްޓޭ ރުއްގަސް ނެގުވުމާއި މަގު ސާފުކުރުވުން.

6-      އޮފީހުން ބަލަންޖެހޭ މަގުތަކުގެ ވިނަނޮޅާ ސާފުކުރުވުން.

7-      ޤުދުރަތީ ޙާދިޘާއެއް މެދުވެރިވެގެންދިމާވާ ކަންތައްތަކުގައި އޮފީހުން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތު ކުރަންޖެހޭ ކަންކަން ކުރުވުން.  

8-      އޮފީހަށް ހާޟިރުވާންޖެހޭ ގަޑިއަށް މަސައްކަތު މުވައްޒަފުން ހާޟިރުވޭތޯއާއި މި މުވައްޒަފުން މަސައްކަތު ވަގުތު ހޭދަކުރަނީ ރަނގަޅު ގޮތުގައިތޯ އަމިއްލައަށް އެސަރަހައްދުތަކަށް ގޮސް ބަލައި ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންގެ ކަންކަން ސެކްޝަނުގެ ވެރިޔާއަށް ރިޕޯޓުކުރުން.

9-      އޮފީހުން ބަލަހައްޓަންޖެހޭ ސަރަޙައްދުތަކުގެ ހާލަތު ބަލައި، ސާފުކުރުވަންޖެހޭ ތަންތަނުގައި މަސައްކަތްކުރުވާނެ ގޮތުގެ ތާވަލު އެކުލަވާލައި ސެކްޝަން ހެޑާއި ހިއްސާކޮށް އެ މަސައްކަތްކުރުވުން.

10-  އޮފީހުން ރާވާ ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެ މަސައްކަތް ކުރުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.
  4. އެހެން ވަޒީފާއެއް އަދާ ކުރާ މީހަކު ކަމުގައި ނުވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ހުށަހަޅާނީ 01 ޖުލައި 2026 ވާ ބުދަ  ދުވަހު 14:00 ގެ ކުރިން، އައްޑޫމީދޫ ކައުންސިލްގެ އިދާރާ އަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި ވަޒީފާއަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2026 ޖުލައި 02 އާއި 2026 ޖުލައި 10 އާ ދެމެދު، އައްޑޫ މީދޫ ކައުންސިލްގެ އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6895730 ނުވަތަ 6895557 ނަންބަރު ފޯނާއެވެ.

 

10 މުޙައްރަމް  1448

25  ޖޫން    2026

25 ޖޫން 2026