ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)1140/1140/2026/1004
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 21:55
ސުންގަޑި: 08 ޖުލައި 2026 13:00
އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލް އިދާރާގައި ރަސްމީކޮށް ބޭނުންކުރާނެ ލޯގޯ  ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް، ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.

 

      ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ އުޞޫލުން ލޯގޯ ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި ފުރުޞަތަކީ އާއްމު ފަރުދުންނަށާއި، ވިޔަފާރިވެރިންނަށާއި، ކުންފުނިތަކަށްވެސް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. ހުށަހަޅުއްވާ ލޯގޯ ތަކުގެ ތެރެއިން 01 ވަނަ އަށް ހޮވޭ ލޯގޯ އަކަށް މި ކައުންސިލުން -/5000ރ (ފަސްހާސް ރުފިޔާ) ފައިސާގެ އިނާމެއްގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.  

 

      ލޯގޯ ފަރުމާކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ފޯމެޓާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ލޯގޯ ހުށައަޅާނީ 08 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލް އިދާރާގެ [email protected]  މެއިލް އަށް އީމެއިލް ކުރެއްވުން އެދެމެވެ.

25 ޖޫން 2026