|
މަޤާމު
|
ސީނިއަރ މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް
|
|
މަޤާމުގެ ނަންބަރު
|
J-418188،
|
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
|
މަޤާމުގެ ގިންތި
|
ދާއިމީ
|
|
މަޤާމުގެ ރޭންކް
|
ޕަބްލިކް ސަރވިސް ރޭންކް 8 - ސްޓެޕް 1
|
|
ޑިވިޝަން/ ސެކްޝަން
|
ސެންޓްރަލް ބްލަޑް ބޭންކު ޑިވިޜަނަށް
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މޯލްޑިވިއަން ބްލަޑް ސަރވިސަސް
|
|
މުސާރަ
|
-/15006 ރުފިޔާ (މަހަކު)
|
|
މަގާމުގެ އެލަވަންސް
|
-/7003 ރުފިޔާ (މަހަކު)
|
|
ޙާޟިރީ ޢިނާޔަތް
|
-/190 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)
|
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ތެލެސީމިއާ ޓެސްޓު ކުރުމާއި، ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދާ ޓެސްޓުތައް ހެދުމާއި، އަދި ހިމަޓޮލޮޖީއާ ގުޅުން ހުރި އެންމެހައި ފަންނީ އަދި އިދާރީ މަސައްކަތް ގައިޑްލައިންތަކާއި އުސޫލުތަކާ އެއްގޮތަށް ފުރިހަމަކުރުމުގައި ގިނަ ވަގުތު ހޭދަކޮށް މަސައްކަތް ފުރިހަމަ ކުރުން އަދި ކުރާކަން ކަށަވަރު ކުރުން.
- އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން، މެޑިކަލް ލެބޯރެޓަރީ ތަހްލީލުތައް ހަދަންޖެހޭ ފަރާތްތައް ދެނެގަނެ، ސާމްޕަލްތައް، ޕްރޮސެސް ކުރުމުގެ ހުރިހާ މަސައްކަތެއް އިންތިޒާމުކޮށް، އެނަލިސިސް ހަދައި އަދި ޞައްހަކަން ކަށަވަރު ކުރެވިފައިވާ ފަންނީ ރިޕޯޓްތައް ތައްޔާރު ކުރުމާއި އަދި ކުރުވުން އަދި ޚިދުމަތް ހޯދާ މީހުންނަށް ވީ އެންމެ އަވަހަށް އިޝޫކޮށް ނިންމުން. މި ފަދަ މަސައްކަތްތަކުގައި އެހެން ހޮސްޕިޓަލުތަކާ ވިލަރެސްކުރުން.
- ސުޕަވައިޒަރެއްގެ ގޮތުގައި އިދާރާއިން ކަނޑައެޅުމުން، ފަންނީ މަސައްކަތް ކުރުމުގެ ލައިސަންސް އޮންނަ މުވައްޒަފުންނާ ލިޔުމުން މަސައްކަތްތައް ޙަވާލުކޮށް، ޑިއުޓީތާވަލު ޑްރާފްޓް ކުރުމާއި 3 ދުވަސް ކުރީން ހުއްދަ ލިޔުމުން ހޯދުން، ކޭމްޕް ރޯސްޓަރ ތައްޔާރު ކުރުން، އުސޫލުން ޕްރޮބޭޝަން ފޯރމު ދެ މަސް ދުވަހާއި ބައިގެ ތެރޭގައި ކަމާގުޅޭ އުސޫލުތަކާ އެއްގޮތަށް ނިންމައި އަދި ހުށަހަޅައި، މުވައްޒަފުންގެ ފެންވަރު ބެލުން ހަމަޖެހިފައިވާ އުޞޫލުން ބަލަހަށްޓައި ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރީން ނިންމުން އަދި މުވައްޒަފުންނަށް މަގު ދެއްކުމާއި އިސްލާޙީ ފިޔަވަޅު ގަވައިދުން އެޅުން.
- ސެންޓްރަލް ބްލަޑް ބޭންކާއި އަދި ލެބޯރެޓަރީ މެޑިސިންގައި މަސައްކަތް ކުރައްވާ އެންމެހާ މަސައްކަތްތަކަށް މުވައްޒަފުން ތަމްރީނުކޮށް ފަންނު ކުރިއަރުވައި، ތަޖުރިބާ ހޯދުމަށްޓަކައި އެހެން ޞިއްޙީ ޙިދުމަތް ދޭ އިދާރާތަކުގައި ޕޯސްޓިންގ ހެދުމާއި، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ބެސްޓް ޕްރެކްޓިސް، ގައިޑްލައިންތަކަށް މަސައްކަތްތަކާއި އުސޫލުތައް ހާސިލް ކުރުމަށް މަސައްކަތް ކުރުމާއި، ކޮންމެ ދުވަހަކު ދެވޭ ޚިދުމަތުގެ މައުލޫމާތު ނެގުމާއި، ރިކޯޑްކުރުމާއި އަދި ރިޕޯރޓު ކުރުން.
- އޮޕަރޭޓްކުރުމަށް ބޭނުންކުރާ، މެޝިން، އިކުއިޕްމަންޓް، ފްރިޖް އަދި ރިއޭޖަންޓްސްއާ އެންމެހާ ކޮންސިއުމަބަލްސް ޤަވާޢިދުން ދުރާލާ އޯޑަރ ކުރުމާއި، ސްޓޮކްކޮށް އަދި ހިދުމަތް މެދުނުކެނޑި ދެވޭނެ ގޮތައް އިންތިޒާމުތައް ރާވާ، ވިލަރެސްކޮށް، ފޮލޯއަޕް ހަދައި، ޕްރޮކިއުމަންޓާ ވާހަކަ ދެކެވި، ސްޓޮކްކުރުވުމާއި، މެނުފެކްޗަރަރ އަދި ސަޕްލަޔަރުންނާ އެކު މަޝްވަރާ ކޮށްގެން އެކަށީގެންވާ ފެންވަރުގައި ހަމަޖެއްސުން.
- ސެންޓްރަލް ބްލަޑް ބޭންކާއި އަދި ލެބޯރެޓަރީ މެޑިސިން ޑިވިޒަނަށް ބޭނުންވާ އޮޕަރޭޓިންގ ޕްރޮސީޖަރ ތަކާއި، ގައިޑްލައިންތަކާއި، ޕްރޮޓޮކޯލްސްތަކާ އަދި ލިޔެކިޔުން ތަކުގެ ޑްރާފްޓް ތައްޔާރުކުރުން ނުވަތަ ކޮންމެ އަހަރަކު އަދާހަމަކުރުން އަދި ސްޓޭންޑަރޑައިޒް ކުރުމުގައި އިސްވެ އިދާރާއަށް އެހީތެރިވުން.
- ބްލަޑް ޑޮނޭޝަން ކޭމްޕްތަކުގައާއި، ޑޯނަރ ރެކްރޫޓްމަންޓް އަދި ތެލަސީމިއާ އެވެއަރނަސް، ކޮލިޓީ އަދި ސާރވިސް އޮޑިޓް، ކްއާރޓަލީ މޮނީޓަރިންގ އަދި އެޑިއުކޭޝަނަލް މީޑިއާ އިވެންޓްތަކާއި އަދި ދަތުރުތަކުގައި، އޮންލައިން ސެޝަންތަކުއް އިންތިޒާމު ކުރުން އަދި ޤަވާޢިދުން އިސްކޮށް ބައިވެރިވުން.
- ކޮންމެ ދުވަހަކު ފުރިހަމަ ކުރާ މަސައްކަތްތަކާއި، ކުރެވޭ މަސައްކަތްތަކުގެ އަދާހަމަ ސުޕަވައިޒަރަށް ދިނުމާއެކު ސެކްޝަން ނުވަތަ ޑިވިޜަންގެ ދުވަހު މަސައްކަތު ޔައުމިއްޔާ ޑްރާފްޓްކޮށް ކޮންމެ ދުވަހަކު ސުޕަވައިޒަރަށް ހުށަހެޅައި އިރުޝާދާ އެއްގޮތަށް ވަގުތައް މަސައްކަތްތައް ފުރިހަމަކުރުން. އަދި ކޮންމެ އަހަރެއްގެ އަހަރީ ރިޕޯރޓަށް ބޭނުންވާ މައުލޫމާތާއި ތަފާސް ހިސާބު ކޮންމެ ދުވަހަކު ޔައުމިއްޔާއަށް އިތުރުކޮށް އަހަރީ ރިޕޯރޓް ޑްރާފްޓް ކުރުމުގެ މަސައްކަތް ފުރިހަމަކުރުން.
- މަސްއޫލިއްޔަތާ ގުޅުން ހުރި ތަމްރީންތަކާއި، ވޯރކް ޝޮޕްތަކާއި އަދި ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ވިލަރެސްކުރުމާއި، އިސްކޮށް ބައިވެރިވުމާއި، ކްލާސް ނަގައި ދިނުމާއި، ދައުވަތު ދިނުމާއި، ހާޒިރީ ނެގުމާއި، ޔައުމިއްޔާ ނެގުމުގެ މަސައްކަތް އެ މަސައްކަތެއްގެ ވަގުތުގައި ނިންމައި ސުޕަވައިޒަރަށް ލިޔުމުން އަދާހަމަ ދިނުން.
- ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާޢިމު ކުރެވިފައިވާ ބްލަޑް ބޭންކްތަކުގެ މަސައްކަތާ ގުޅޭގޮތުން ހަދަންޖެހޭ އުސޫލުތަކުގެ ޑްރާފްޓް ހެދުމާއި، ފަންނީ ލަފާ ދިނުމާއި، އަދި މޮނީޓަރކޮށް ރެގިއުލޭޓު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި ދަތުރުކޮށްގެން އަދި ސެންޓްރަލީވެސް އެހީތެރިވުން. އެގޮތުން، ކަމާގުޅޭ ސޮފްޓް ވެއަރ ނުވަތަ ޝީޓެއް ތައްޔާރުކޮށްގެން ލޭގެ މިންވަރާއި އަދި ކޮލިޓީއާ އަދި ސޭފްޓީއާ ގުޅޭ މަޢުލޫމާތު އެއްކުރުމާއި އަދާހަމަ ދިނުމުގެ މަސައްކަތް ކޮންމެ ހަފްތާއަކު ކުރުން.
- ސެންޓްރަލް ބްލަޑް ބޭންކަށް ލޭ ހޯދުމާއި، އެއްކުރުމާއި، އުފުލުމާއި، ރައްކާކުރުމާއި އަދި ދޫކުރުމުގައި ލޭގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ކޮންމެ ވަގުތަކު ލޭގެ ފިނިހޫނުމިން މޮނީޓަރކުރުން ހިމެނޭގޮތުގެ މަތީން ކޮލިޓީ އަދި ސޭފްޓީ ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ރާވާ ހިންގުމުގައި ސުޕަވައިޒަރަށް އެހީތެރިވުން. އެކަންކަން ކަށަވަރުކުރުމަކީ، އަމިއްލަ ޒިންމާއެއްގެ ގޮތުގައި ދެކި އަމިއްލައަށްވެސް އަދި މުވައްޒަފުން މެދުވެރިކޮށްވެސް ކަށަވަރުކުރުމުގެ މަސައްކަތް ފުރިހަމަކުރުން.
- ލެބޯރެޓަރީ މެޑިސިން އަދި ސެންޓްރަލް ބްލަޑް ބޭންކު ނުވަތަ އެއިން ތަނެއްގެ މަސައްކަތްތައް ތަންފީޒުކުރުމުގައި ވަގުތީގޮތުން ކަނޑައެޅުމުން މަސައްކަތްތައް އިދާރީ ގޮތުންނާއި އަދި ފަންނީ ގޮތުން އިންތިޒާމުކޮށް މަސައްކަތްތައް ތަންފީޒުކުރުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސާރވިސަސްއަށް އެހީތެރިވެ، ހަވާލުކުރައްވާ އިތުރު މަސައްކަތްތައް ވެސް ހިމެނޭނެހެން ކޮންމެ ދުވަހަކު އަދާހަމަދީ އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުން.
- ސެންޓްރަލް ބްލަޑް ބޭންކުގެ މަސައްކަތްތަކާއި، ބްލަޑް ހޭންޑްލިންގ، ސްޓޯރޭޖް އަދި ޓްރާންސްފިއުޝަނާ ގުޅޭ ކަންކަމުގައި، ވަގުތުން އިންސިޑެންޓް ރިކޯޑްކުރުމާއި، ބަޔާން ނެގުމާއި އަދި ކުރުވުމާއި، ،އެކަންކަން މޮނިޓަރކޮށް، ލެޔާއި އަދި ސާމްޕަލްތަކުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުވާނެގޮތަށް ކަންކަން ވަގުތުން ހަމަޖައްސައި، އެކަމެއްގެ ވަގުތުގައި ސުޕަވައިޒަރާއި އަދި ކަމާގުޅޭ ކޮލިޓީ އެންޑް ސޭފްޓީ ފޯކަލް ޕޮއިންޓުންނަށް އެވަގުތު އަންގައި، ކަމާގުޅޭ ކޮމިޓީއަށް ވަގުތުގައި ހުށަހެޅުން އަދި ހައްލު ތަންފީޒުކުރުން.
- ޕޭޝަންޓުންނާއި، ޕޭރަންޓުން، ކްލައިންޓުން އަދި ޑޯނަރުން ތިއްބަވާ ކަމާގުޅޭ ރަސްމީ ގުރޫޕްތަކުގައި ކޮންމެ ދުވަހަކު ލޭގެ ސްޓޮކާއި އަދި ކޭމްޕްތަކާ ގުޅޭ އަދާހަމަ ދިނުމަށްޓަކައި މައުލޫމާތު ހޯދައި ޞައްޙަ މަޢުލޫމާތު ދިނުން. އަދި އަންނަ އީމެއިލްތަކާއި އަދި ފޯނު ކޯލްތައް ލޮޖްކޮށް ޖަވާބު ދެވޭނޭ އިންތިޒާމު ހަމަޖައްސައި، ޚިދުމަތް ހޯދާ ފަރާތްތަކުން ކުރާ ސުވާލުތަކަށް ސައްޙަ މައުލޫމާތު އަދި ޖަވާބު ދިނުމަށްޓަކައި އަދި މަސައްކަތް ފެންވަރު ރަނގަޅުކުރުމަށްޓަކައި ވިލަރެސް ކުރުމާއި އެކު، ސާރވިސް ޗާރޓަރުގައިވާ ގޮތުގެ މަތީން އަދި އިދާރާއިން އަންގާ ގޮތުގެ މަތީން ހުއްދަ ނަގައިގެން ކޮންމެ ދުވަހަކު މި މަސައްކަތް ފުރިހަމަކުރުން.
- ރިލީސް ނުވަތަ އެކިއެކި ޗުއްޓީ ތަކާއި އޮފް ދުވަސްތަކަށް ދުރުވުމުގެ ކުރީން އަދާހަމަ ދިނުމާއި، ލިޔުން ހޭންޑް އޯވަރ ދިނުމަށާއި، ފްރިޖް ޓެމްޕްރޭޗަރ މޮނީޓަރިންގ ނޮޓިފިކޭޝަން ހޭންޑް އޯވަރ ބަދަލުކުރުން ފަދަ މަސައްކަތްތައް ކުރީބައިގައި ސުޕަވައިޒަރުގެ އިރުޝާދު ހޯދައިގެން ފުރިހަމަ ކުރުން.
- ޞިއްޙީ ކާރިސާތަކާއި އަދި ހާދިސާތަކުގައި ހަވާލުކުރައްވާ މަސައްކަތް ކުރުމުގައި ގިނަ ވަގުތު ހޭދަކޮށްގެން ވެސް ވަގުތައް މަސައްކަތްތައް ނިންމުން.
|
|
މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާލައިސަންސް ތަކާއި ފުރިހަމަކުރުންލާޒިމު ތަމްރީނުތައް
|
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން މެޑިކަލް ލެބޯރެޓަރީ ދާއިރާއިން ރަޖިސްޓްރޭޝަން ލިބިފައި އޮތުން.
|
|
މަޤާމުގެ ޝަރުތުތައް
|
1.މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން
ނުވަތަ؛
. 2މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
ތަޢުލީމީ ދާއިރާ:
|
- ބަޔޯމެޑިކަލް ސައެންސް
- ކްލިނިކަލް ލެބޯޓްރީ ސައެންސް
- ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ
- ޑައިގްނޯސްޓިކް މައިކްރޯ ބަޔޮލޮޖީ
- މެޑިކަލް ލެބޯޓަރީ ސައެންސް
- މެޑިކަލް ލެބޯޓަރީ ޓެކްނޮލޮޖީ
- މެޑިކަލް ސައިންސް
- މެޑިކަލް ޓެކްނޮލޮޖީ
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
- މެޑިކަލް ލެބޯރެޓަރީ ސައެންސް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)
6. މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަންގެ ކޮޕީ
7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް
|
5
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
|
އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
15
|
|
ޕްރެޒެންޓޭޝަން
|
10
|
|
އިންޓަރވިއު
|
30
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 ޖުލައި މަހުގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ވަޒީފާއަށް ކުރިމަތިލީ
ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350155ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|