ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2026/36
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:29
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ހެދި ބަނދަރުގެ ގޮނގުރިޓު އަޅާފައިވާ ސަރަހައްދަށް އުޅަނދުފަހަރު އެރުވުން މަނާކުރުމާ ބެހޭ

އިޢުލާނު

  އަލަށް ހެދި ބަނދަރުގެ ގޮނގުރިޓު އަޅާފައިވާ ސަރަހައްދަށް އުޅަނދުފަހަރު އެރުވުން މަނާކުރުމާ ބެހޭ

                މި ރަށުގައި ހަދަމުންގެންދާ އައު ބަނދަރުގެ ގޮނގުރިޓުއަޅާފައިވާ ސަރަހައްދަކީ ބަނދަރުގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށްޓަކައި ވަކި މިންގަނޑުތަކަކަށް ބަލައިގެން ހަދަމުންދާ ތަނެކެވެ. ނަމަވެސް، ބަނދަރުގެ ގޮނގުރިޓު ސަރަހައްދަށް އުޅަނދުފަހަރު އަރުވައި، އެ ސަރަހައްދު ބޭނުންކުރަމުންދާކަން މި އިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް އުޅަނދުފަހަރު އެރުވުމަކީ ގޮނގުރިޓަށް ބޮޑެތި ގެއްލުންތަކެއްވެ، ބަނދަރުގެ ގޮނގުރިޓު ތަޅުންގަނޑު ހަލާކުވެދާނެ ކަމެކެވެ.

               ވީމާ، ބަނދަރުގެ ހިމާޔަތަށްޓަކައި، މިއަދުން ފެށިގެން އައު ބަނދަރުގެ ގޮނގުރިޓު އަޅާފައިވާ އެއްވެސް ސަރަހައްދަކަށް އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެއް އެރުވުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަ ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

                މި ރަށުގެ ޢާއްމު މުދަލާއި ވަޞީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުންނާއި، ރަށުގައި ހިންގާ އެކިއެކި ކުންފުނިތަކާއި ވިޔަފާރިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މި ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަމެވެ.

25 ޖޫން 2026