ދިވެހިރާއްޖެ
ކައުންސިލުން ދޭމަޢުލޫމާތާއި އެއްގޮތަށް ހިޔާވަހި1 އެޕާޓްމަންޓަށް ފަރުނީޗަރާއި ހައުސްކީޕިންސަމާނު ފޯރުކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:
މި ކައުންސިލްގެ ހިޔާވަހި1 އެޕާޓްމަންޓަށް ބޭނުންވާ ފަރުނީޗަރާއި ހައުސްކީޕިންގ ސާމާނު ފޯރުކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތާއިގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަން 2026 ޖުލައި 05ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ ކޮންފަރެންސްހޯލްގައި އޮންނާނެއެވެ. މިސެޝަނަށް ޙާޟިރުނުވާފަރާތްތަކުން ހުށަހަޅާ އަންދާސިހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2026 ޖުލައި 08ވާ ބުދަ ދުވަހުގެ 11:00ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2026 ޖުލައި 08ވާ ބުދަ ދުވަހުގެ 11:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ.
ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތުގެ ވަނަވަރު އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 666 0900 ނަންބަރާއެވެ.
ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.
25 ޖޫން 2026