ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2026/19
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 28 ޖޫން 2026 10:30
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަންދޫ ޕްރީސްކޫލް ކުނިކަހާ ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރުން:

ލަންދޫ ޕްރީސްކޫލް ކުނިކަހާ ސާފްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަމްބަރ 18/2026/289/289(IUL) ( 18 ޖޫން 2026 ) އިޢުލާން އާއި ގުޅިގެން ކުރިމަތިލީ ފަރާތްތައް މަދުކަމަށްފެންނާތީ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ.

                 10 ޖުލައި 2026 ން 31 ޑިސެމްބަރު 2026 ގެނިޔަލަށް ލަންދޫ ޕްރީސްކޫލުގެ ޢިމާރާތާއި ގޯތިތެރެއާއި ގޯތިވަށައިގެން އޮންނަ މަގުތަކުގެ އެއްފަޅި ކުނިކަހާ ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

              ވީމާ، މަހަކަށް -/2000 ރ ( ދެހާސް ރުފިޔާ ) އަށްވުރެ ބޮޑުނޫން އަގަކަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލު އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

 

ތާރީޚް

ގަޑި

މަޢުލޫމާތު ސާފްކުރުން

28 ޖޫން 2026 ( އާދިއްތަ )

10:30

އަންދަސީ ހިސާބް ހުށަހެޅުން

02 ޖުލައި 2026 ( ބްރާސްފަތި )

10:30

 

              ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަންބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވެވުންއެދެމެވެ. އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް؛ މަސައްކަތުގެ އަގަށް %90 ، މަސައްކަތުގެ ތަޖުރިބާއަށް %5 ، ފަރުދުންގެ ވިޔަފާރި އަދި ލޯކަލް އިންވެސްޓްމަންޓްތަކަށް %5 އެވެ.

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

25 ޖޫން 2026