ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2026/60
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި:
01 ޖޫން 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެފް.އޭ.އެމް ފުޓްސަލް މުބާރާތުގައި ޓީމަށް އިރުޝާދުދޭނެ ކޯޗެއް ހޯދުން
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެފް.އޭ.އެމް ފުޓްސަލް މުބާރާތުގައި މި ރަށުގެ ފަރާތުން ބައިވެރިވާ ޓީމަށް އިރުޝާދުދީ، މުބާރާތަށް ޓީމު ތައްޔާރުކޮށްދޭނެ ހުނަރުވެރި އަދި ތަޖުރިބާކާރު ކޯޗެއް ހޯދުމަށް ބޭނުންވެއެވެ.
ކޯޗުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް:
- ފުޓްސަލް ކޯޗިންގްގެ ދާއިރާއިން އެފް.އޭ.އެމް ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
- ފުޓްސަލް މުބާރާތްތަކުގައި ޓީމުތަކަށް އިރުޝާދުދިނުމުގެ ތަޖުރިބާ ލިބިފައިވުން.
- ޓީމުގެ ފަރިތަކުރުންތަކާއި މުބާރާތުގެ މެޗުތަކަށް ވަގުތު ދެވޭނެ ފަރާތަކަށްވުން.
- ކުޅުންތެރިންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި އަޚުލާޤު ރަނގަޅު ފަރާތަކަށްވުން.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ކޯޗުގެ ވަނަވަރު (CV):
- ކޯޗިންގް ސެޓްފިކެޓްތަކުގެ ކޮޕީ:
- އައިޑީ ކާޑުގެ ކޮޕީ:
- މިދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް:
- ކޯޓޭޝަން:
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.
25 ޖޫން 2026