ބީލަން
ނަންބަރު: (IUL)924 /2026/14
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި:
02 ޖުލައި 2026 14:00
ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރިވަރުންގެ ސެކަންޑް ޔުނީފޯރމު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
މި މަރުކަޒުގެ، ދަރިވަރުންގެ ސެކަންޑް ޔުނީފޯރމު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
- މި މަރުކަޒުގެ، ދަރިވަރުންގެ ސެކަންޑް ޔުނީފޯރމު އަމިއްލަ ތަކެތީގައި, ތައްޔާރުކޮށް ދަރިވަރުންނަށް ފަސޭހައިން ފޯރު ކޮށްދޭނެ ފަރާތެއް (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ޖޫން 25 ން 2026 ޖުލައި 02 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް"ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު https://forms.gle/Ah2wH2Rs1oQbftas5
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖުލައި 02 ވަނަ ދުވަހުގެ 14:00 ކުރިން މި އިޢުލާންގެ 5 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖުލައި 05 ވަނަ ދުވަހުގެ 13:00 ގައި މި ސްކޫލްގެ ކްލާސް ރޫމެއްގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
- ފޯން: 6528817
- އީ-މެއިލް: [email protected]
25 ޖޫން 2026