ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2026/42
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 09:57
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރާވެރިކަން ކުރުމަށް ދޫކުރާ ރުއްތަކުގެ ކުލި ކުޑަކުރުން
ބ.ކިހާދޫ ރައްޔިތުންގެ ބައިން ރާވެރިކަމަށް ދޫކުރާ ރުއްތަކުން ނަގަމުންދާ ކުލި ކުޑަކުރުމަށް މިކައުންސިލްގެ 5 ވަނަ ދައުރުގެ 2 ވަނަ އާންމު ޖަލްސާއިން ނިންމާފައިވާ ވަހަކަ ދަންނަވަމެވެ. މި ނިންމުމަކީ ރާވެރިކަން ކުރުމުގެ މަސައްކަތަކީ މިހާރު ނެތެމުންދާ މަސައްކަތަކަށްވާތީވެ، މިމަސައްކަތް ކުރާ ފަރާތްތަކަށް ލުޔެއް ހޯދައިދީ، އިތުރު ފަރާތްތައް މިމަސައްކަތުގެ ތެރެއަށް ވެއްދުމުގެ މަޤުސަދުގައި ކައުންސިލުން ނިންމާފައިވާ ނިންމުމެކެވެ.
ވީމާ މިނިންމުމާއި އެއްގޮތްވާގޮތުގެ މަތިން 2026 ޖުލައި 1 އިން ފެށިގެން ރާވެރިކަން ކުރުމަށް ދޫކުރާ ރުއްތަކުން ކުލީގެ ގޮތުގައި ނަގަމުންދާނީ ރުކަކަށް 300.00 ރުފިޔާ ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ޖޫން 2026