ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A1/1/2026/28
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:35
ސުންގަޑި: 01 ސެޕްޓެންބަރު 2026 00:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"5 ވަނަ ތިބިލިސީ އިންޓަނޭޝަނަލް ވޮއިސް ކޮމްޕެޓިޝަން - އޮޕޭރާ ކްރައުން" ގައި ދިވެހިރާއްޖެ އިން ބައިވެރިވުމުގެ ފުރުޞަތު

2026 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 08 އިން 13 އަށް ތިބިލިސި، ޖޯޖިއަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ 5 ވަނަ ތިބިލިސީ އިންޓަނޭޝަނަލް ވޮއިސް ކޮމްޕެޓިޝަން - އޮޕޭރާ ކްރައުން" ކޮމްޕެޓިޝަންގައި ދިވެހިރާއްޖެ އިން ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 21 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުންނަށާއި އުމުރުން 22 އަހަރާއި 32 އަހަރާއި ދެމެދުގެ ފިރިހެނުންނަށެވެ.

          3 ބަޔަކަށް ބަހާލެވިގެން ކުރިއަށްދާ އޮޑިޝަންތަކުގެ ލައިވް ޕްރިލިމިނަރީ އޮޑިޝަންތައް އޮންނާނީ ޕްރާގް، ބުޑަޕެސްޓް އަދި ވޮޝިންގްޓަން ޑީ.ސީ ގައެވެ. އަދި ލައިވް އޮޑިޝަންގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 1 ސެޕްޓެމްބަރ 2026 އެވެ. އަދި ވީޑިއޯ ރިކޯޑިންގ ގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 5 އޮކްޓޯބަރ 2026 އެވެ.

          ވީމާ، 5 ވަނަ ތިބިލިސީ އިންޓަނޭޝަނަލް ވޮއިސް ކޮމްޕެޓިޝަން - އޮޕޭރާ ކްރައުން ކޮމްޕެޓިޝަންގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

24 ޖޫން 2026