ދިވެހިރާއްޖެ
ފެމިލީ ކޯޓަށް ބޭނުންވާ 04 (ހަތަރެއް) ނެޓްވޯރކް ސްކޭނަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)146-A3/1/2026/12 (30އެޕްރީލް 2026) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަގެއްގައި އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާތިލުކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖުލައި 05 ވަނަ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީ ކޯޓުގެ (ޖަސްޓިސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ) ކޮންފަރެސް ރޫމަށެވެ.
މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓް (ބިޑާއި ގުޅޭ މައުލޫމާތު ބިޑްޑޮކިއުމެންޓުގައި ހިމަނާފައި) މިއިޢުލާނާ އެއްކަރުދާސް ކޮށްފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.