ދިވެހިރާއްޖެ
އިޢުލާން
ށ. ކަނޑިތީމު ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ ދޯނި ނެގުމާ ގުޅޭ
ށ. ކަނޑިތީމު ފަޅު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ރަޖިސްޓްރީ ނަންބަރު:P6673A-04 ދޯނީގެ ސަބަބުން، ފަޅު ބޭނުންކުރާ ފަރާތްތަކަށާއި، އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މި އުޅަނދު ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގައި އޮތުމުގެ ސަބަބުން، އޭގެ ބައިތައް ހަލާކުވެ، ފަޅުތެރެއަށް ފެތުރެމުންދާތީ، މިއީ ތިމާވެށީގެ ގޮތުންނާއި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމުގައި ފާހަގަކުރެވެއެވެ.
ވީމާ، މިއަދުން ފެށިގެން ކުރިއަށް އޮތް 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އުޅަނދުގެ ވެރިފަރާތުން އެ އުޅަނދު ފަޅުތެރެއިން ނަގައި ފަޅު ސާފުކޮށްދެއްވުން އެދެމެވެ. މި މުއްދަތުގެ ފަހުން ބަނދަރު ބެލެހެއްޓުމުގެ އުސޫލުގައިވާގޮތަށް މިކައުންސިލުން އަމަލުކުރާނެކަން އާންމުކޮށް އަންގާ އިޢުލާންކުރަމެއެވެ. މި އިއުލާނާއެކު ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ އުޅަނދުގެ ފޮޓޯ އާންމުކުރީމެއެވެ.