މަސައްކަތް
ނަންބަރު: (IUL)VAH/VAH/2026/18
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 06 ޖުލައި 2026 11:00
ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވ.އަތޮޅު ހޮސްޕިޓަލްގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ހޮސްޕިޓަލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ހޮސްޕިޓަލްގެ ޑެންޓަލް ރޫމް ވޯކްވޭ ހެދުމާއި ފެންހޮޅި އެޅުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.

 

ތާރީޚް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

29 ޖޫން 2026

11:00

ވ. އަތޮޅު ހޮސްޕިޓަލް، ވ. ފެލިދޫ، ދިވެހިރާއްޖެ

އަގު ހުށަހެޅުން

6 ޖުލައި 2026

11:00

ވ. އަތޮޅު ހޮސްޕިޓަލް، ވ. ފެލިދޫ، ދިވެހިރާއްޖެ

 

ބީލަން ހުށަހެޅުމަށް ހަމަޖައްސާފައިވާ ތާރީޚު އެއްވެސް ސަބަބަކާއި ހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހުގެ މެންދުރުފަހު 11:00 ގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6700691 އަށް ގުޅުއްވުން އެދެމެވެ.                    

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

24 ޖޫން 2026