ޢާންމު މަޢުލޫމާތު
ނަންބަރު: 198-A/2026/65
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:09
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ރީ-އެމްޕްލޯއިމަންޓް ޤާނޫނާއި ރީ-އެމްޕްލޯއިންމަންޓް އުސޫލުން ވަޒީފާ ދިނުމުގައި ޝަރުޢީ ދާއިރާއިން ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދުގެ ދަށުން ވަޒީފާގެ ފުރުޞަތު ހުޅުވާލުން


އިޢުލާނު

އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމަށްފަހު ވެސް ވަޒީފާގައި ދެމިތިބުމަށް އެދޭ މުވައްޒަފުންނާއި، ޝަރުޢީދާއިރާގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އުމުރުން 65 (ފަސްދޮޅަސް ފަހެއް) ފުރުމުގެ ސަބަބުން ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް ޤާނޫނާއި ރީ-އެމްޕްލޯއިންމަންޓް އުސޫލުން ވަޒީފާ ދިނުމުގައި ޝަރުޢީ ދާއިރާއިން ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދުގެ ދަށުން ވަޒީފާގެ ފުރުޞަތު ހުޅުވާލުން.

ޝަރުޠުތައް:

  1. ވަޒީފާ އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކަށް ވުން؛
  2. ވަޒީފާއިން މުސްކުޅިކުރެވިފައިވާ ފަރާތެއް ނަމަ، އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރު ފުރުމާ ދޭތެރޭގައި މަދުވެގެން 13 (ތޭރަ) މަސްދުވަސް އޮތް ފަރާތަކަށް ވުން؛
  3. ވަޒީފާ އަދާކުރި އިދާރާގެ އޮނިގަނޑުގައި ޝަރުތު ހަމަވާ ހުސް ވަޒީފާއެއް އޮތުން؛
  4. ވަޒީފާއަށް އެދޭ ފަރާތަކީ ކުރިމަތިލާ މަގާމުގެ ޝަރުޠުހަމަވާ ފަރާތަކަށްވުން؛

އެދެންވީގޮތާއި ސުންގަޑި:

  1. ވަޒީފާގައި ދެމިތިބެން އެދޭ މުވައްޒަފުން، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން، އެ ކަމަށް އެދި އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓު ނުވަތަ އިދާރާއަށް ހުށަހެޅުން؛
  2. ރީ-އެމްޕްލޯއިމަންޓް ގަވާއިދަށް ޢަމަލުކުރަން ފެށި ތާރީޚުން (21 އެޕްރީލް 2026) ފެށިގެން، 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމާ ހަމަޔަށް 6 (ހައެއް) މަސްދުވަސް ނެތް ނަމަ، އެ ފަރާތަށް 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ކުރިން އެކަމަށް އެދި ވަޒީފާ އަދާކުރާ އިދާރާއަށް ހުށަހެޅުން؛
  3. ޝަރުޢީދާއިރާގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން 7 ފެބުރުވަރީ 2019 އިން ފެށިގެން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނަމަ، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި (23 އޮގަސްޓް 2026 ގެ ނިޔަލަށް) ވަޒީފާއަދާކުރި ކޯޓު ނުވަތަ އިދާރާއަށް ހުށަހެޅުން؛
  4. ރީ-އެމްޕްލޯއިންމަންޓް އުސޫލުން ވަޒީފާ އަދާކުރުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންވާނީ ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ރީ-އެމްޕްލޯއިމަންޓްއަށް އެދޭ ފޯމާއެކު ހުށަހަޅާން ޖެހޭ ލިޔުންތައް. (އަދި ވަޒީފާ ހަމަޖެއްސުމުގެ ބޭނުމަށް އެހެން ލިޔެކިޔުމެއް ބޭނުންވާކަމަށް އަންގައިފިނަމަ އެ ލިޔުމެއް)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  (3340831 / 3340853)  އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

24 ޖޫން 2026