ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438-HRU/438/2016/6
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 02 ފެބުރުވަރީ 2016 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މޮނިޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރ

         އިޢުލާން                 

ވަޒީފާގެ ފުރުޞަތު:            

މޮނިޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރ – ސްޓްރެންތަނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓަޖީސް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ހިންގަމުންދާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢަށް މޮނިޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރެއް ޢައްޔަނުކުރަން ބޭނުންވެއެވެ.

ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީސް (ޖެފް) އިން ފަންޑުކޮށްގެން ހިންގަމުންދާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢަކީ، އިމާރަތްތައް ފަރުމާކުރުމުގައި އެނަރޖީ އެފިޝެންޓް ގޮތްތައް ހޯދުމާއި، އިމާރާތްކުރުމުގެ ޞިނާޢަތުން ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކުރުމުގެގޮތުން ހިންގޭ މަޝްރޫޢެކެވެ.

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ތަފުސީލު ހިމެނޭ މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ އިންޑިވިޖުއަލް ކެންޑިޑޭޓުން "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން ހުޅުވައިލަމެވެ. މިގޮތުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުން އެދެމެވެ.

  • ވަޒީފާއަށް ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު ނުވަތަ ސީ.ވީ
  • މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލާއި، މިފަދަ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި އެހެނިހެން މަޢުލޫމާތު)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކުރެވިފައި)

ވީމާ،  މިކަމަށް  ޝައުޤުވެރިވާ  ފަރާތްތަކުން  "ޓާރމްސް އޮފް ރިފަރެންސް"  ގައި  ބަޔާންވެފައިވާ  ޝަރުޠު  ހަމަވާކަން  ސާބިތުކޮށްދޭ  ވަނަވަރާއެކު،  2016  ފެބުރުވަރީ  2  ވާ  އަންގާރަ  ދުވަހުގެ  12:00  ގެ  ނިޔަލަށް  ތިރީގައިވާ  އެޑްރެހަށް  "ޕްރޮޕޯސަލް"  ހުށަހެޅުން  އެދެމެވެ.

ހިއުމަން ރިސޯސަސް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ، މާފަންނު، ހަނދުވަރީ ހިނގުން،

މާލެ، ދިވެހިރާއްޖެ

ފޯން: 3018300 960+ ފެކްސް: 3018301 960+

8 ރަބީޢުލްއާޚީރު 1437

18 ޖަނަވަރީ 2016