ޢާންމު މަޢުލޫމާތު
ނަންބަރު: 1
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 18:26
ސުންގަޑި: 30 ޖޫން 2026 00:00
އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ މީދޫ ގެ ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުޞޫލު އާންމުކުރުން

ގަވާއިދު ނަންބަރު 2024/R-41"ދިރިއުޅުންނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގެ 6 ވަނަ މާއްދާގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތަށް ބިން ދޫކުރުމަށް ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އައްޑޫ މީދޫ އިން ދަނޑު ބިން ކުއްޔަށް ދޫކުރުމަށްޓަކައި، ޤާނޫނު ނަންބަރު 07/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ބ) އިން ބާރުލިބިގެން އައްޑޫ މީދޫ ކައުންސިލުން އެކުލަވާލާފައިވާ އުޞޫލު އާންމުކޮށް އިޢުލާނުކުރަމެވެ.

މިއުޞޫލަށް ޢަމަލުކުރަންފަށާއިރު އައްޑޫ މީދޫގައި ދަނޑުވެރިކަން ކުރުމަށް ކުރިން ދޫކޮށްފައިވާ ބިންތަކުގެ އެގްރީމަންޓްގެ މުއްދަތު ހަމަވެގެން އެއްބަސްވުންތައް އާކުރެވެންދެން އެއެއްބަސްވުންތައް ދެމިއޮންނާނެއެވެ. އަދި އެއްބަސްވުމެއް ނެތި ދަނޑުވެރިކަން ކުރަމުންދާ ދަނޑު ބިންތަކަށް، މިއުޞޫލުގެ ދަށުން ދަނޑުބިމުގެ އެގްރީމަންޓް ހެދުމަށް ބޭނުންވާ ފަރާތްތަކުން، 2026 ޖޫން 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން އައި.ޑީ.ކާޑު ކޮޕީއާއެކު މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މުއްދަތުގައި އެގްރީމަންޓް ހެދުމަށް ހުށަނާޅާ ފަރާތްތަކުގެ ބިންތައް  ދަނޑުބިމުގެ ދަފްތަރުން އުނިކުރެވޭނެއެވެ.

23 ޖޫން 2026