މަސައްކަތް
ނަންބަރު: (IUL)GS-183-ADMIN/INDIV/2026/4
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި:
30 ޖޫން 2026 13:00
ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލްގައި ފިޒިކަލް އެކްސިސިބިލިޓީ ޤާއިމުކުރުމަށް / އިތުރަށް ތަރައްޤީކުރުމަށް އިއުލާންކުރުން
ސްކޫލްގައި ފިޒިކަލް އެކްސިސިބިލިޓީ ޤާއިމުކުރުމަށް / އިތުރަށް ތަރައްޤީ ކުރުމަށް ހުށަހަޅުއްވާފައިވާ މަސައްކަތްތައް ތިރީގައި މިދަންނަވާ ގޮތަށް ކުރިއަށް ގެންދިޔުމަށް ބޭނުންވެއެވެ.
- ސްކޫލްގެ ހުރިހާ އިމާރާތްތައް ގުޅުވާލެވިގެން ވޯކްވޭ އެޅުން
- ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެ " ޔުނިވަރސަލް ޓޮއިލެޓް" (އަންހެން / ފިރިހެން) ވަކިން ހެދުން
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ކޮންމެ މަސައްކަތަކަށް ވަކިންނެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.
23 ޖޫން 2026