މަސައްކަތް
ނަންބަރު: GS22/2026/009
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 02 ޖުލައި 2026 11:00
ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިމަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

1. ކޮމްޕިއުޓާރ ލެބް މަރާމާތުކުރުން

2. ސައިންސް ލެބް މަރާމާތުކުރުން

3. ޖެނެރަލް ލެބްތައް ހެދުން

1. ކުކިންގ އެންޑް ޑައިނިންގ އޭރިއާ.

             2. މެޝިން ސިއުވިންގ އޭރިއާ

             3. އާރޓް އެންޑް ކްރާފްޓް އޭރިއާ

             4. ވުޑްވޯކިންގ އޭރިއާ

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން 01 ޖުލައި 2026 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހުޅޭނީ މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

ބިޑް ރަޖިސްޓްރީ ލިންކް: https://forms.gle/oSrS4N2E3atbGV5d6

މަޢުލޫމާތު ސާފުކުރެއްވުން

2026 ޖޫން 28 ވާ އާދިއްތަ ދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށަހެޅުއްވުމާއި، ކެނޑުން

2026 ޖުލައި 2 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި

23 ޖޫން 2026