ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-D/374/2026/17
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 02 ޖުލައި 2026 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ނިލަންދޫ ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައު ހުރި އެއާރކޮންޑިޝަނާރ ތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ފ.ނިލަންދޫ ކައުންސިލް އިދާރާއާއި މިއިދާރާގެ ބެލުމުގެ ދަށުގައިވާ އެކިއެކި އިމާރާތްތަކުގައި ހަރުކޮށްފައި ހުރި އެއާރކޮންޑިޝަނަރ ތައް 06 މަސްދުވަހުގެ މުއްދަތަށް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތައް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2026 ޖުލައި 02 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖު އަދި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.

 

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

23 ޖޫން 2026