މަސައްކަތް
ނަންބަރު: (IUL)296/296/2026/35
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 01 ޖުލައި 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮއްދޫ ކައުންސިލް އިދާރާގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

         ފޮއްދޫ ކައުންސިލް އިދާރާގެ މަރާމާތު މަސައްކަތް ކުރުމަށް މިއިދާރާގެ ނަންބަރ: (IUL)296/296/2026/33 ގުޅިގެން ހުށައެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އާއި މަސައްކަތަށް ބައެއް ބަދަލް ގެނެސްފައިވާތީ އެއިޢުލާން ބާތިލްކޮއް އަލުން އިޢުލާން ކުރަމެވެ.

           ވީމާ  ފޮއްދޫ ކައުންސިލް އިދާރާގެ މަރާމާތު މަސައްކަތް ކުރުމަށް މިއިޢުލާނާއި އެއްކަރުދާސް ކުރެވިފާއިވާ މައުލޫމާތު ޝީޓާއި އަދި ކުރެހުމާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  މި މަސައްކަތް މަޢުލޫމާތުގައިވާ ގޮތަށް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 01 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00 އަށް މަސައްކަތް ކޮށްދެވޭނެ އަގެއް ހުށަހެޅުއްވުން އެދެމެވެ.

         މިކަމަށް އެދި ކުރިމަތި ލެވޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

          ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

23 ޖޫން 2026