ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2026/33
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 30 ޖޫން 2026 13:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

އިރުމަތީ ކޮޅުން ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ 151 ނަންބަރު ދަނޑުބިމުގައާއި، ހަރަހެރި ދަނޑުގެ އިރުމަތީގައާއި 125 ނަންބަރު ދަނޑުބިމުގައާއި އެދަނޑާދިމާ އިރުމަތީގައި، ނޫކުލައިގެ ދަވާދުން ނަންބަރ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، "އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" ފުރުއްވުމަށްފަހު، 2026 ޖޫން 30 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިދެންނެވި ފޯމް ތިރީގައިވާ ލިންކުންނާއި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

      ފޯމްގެ ލިންކް: vaikaradhoo.gov.mv/ruhgahuge-badhalu-form

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖޫން 2026