ދިވެހިރާއްޖެ
އިޢުލާން
ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެ ނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީ ކުރުވަނިވި އުސޫލުން ނިންމާ ނިންމުންތަކެއް ކަމުގައި ވެގެން ދިއުމަށް ލާމަރުކަޒީ ޤާނޫނުން (ޤާނޫން ނަންބަރު 7/2010) ލާޒިމް ކުރެއެވެ. އެހެންކަމުން ފ.ފީއަލީ ކައުންސިލަށް އިންތިޚާބު ކުރެވުނު 5 ވަނަ ދައުރުގެ ކައުންސިލަށް ލަފާދޭނެ ކޮމެޓީއެއް އެކުލަވާލުމަށް ނިންމާފައިވާތީ، ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ތިރީގައި މި ދަންނަވާ ދާއިރާތަކުން ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.
- މަސްވެރިން
- ޒުވާނުން
- ފަތުރުވެރިން
- އަންހެނުން
ކޮމެޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް:
- ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ލަފާދިނުން.
- ކައުންސިލްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ދިނުން.
- ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ކައުންސިލަށް ފަންނީ އަދި އިޖުތިމާޢީ ލަފާދިނުން.
ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން، އެފަރާތެއް ކުރިމަތިލާ ދާއިރާ އެނގޭނޭގޮތަށް 01 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ. އަދި ސިޓީއާއެކު ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުމަށް ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
08 މުޙައްރަމް 1448
23 ޖޫން 2026