ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)178-CU/1/2026/5
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 31 ޑިސެންބަރު 2026 23:59
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ގިންތިކުރުމަށް އިލްތިމާސްކުރުން

            ޤާނޫނު ނަންބަރު 2022/12 (ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނު)ގެ ދަށުން، ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރީން ގިންތިކުރުން ލާޒިމުކުރެއެވެ.  

            ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުގެ 05ވަނަ މާއްދާގައި، ފަންނީ އުފެއްދުންތައްކަމަށް ބަޔާންކޮށްފައިވާ އުފެއްދުންތަކަކީ: "ފިލްމު، ސައުންޑް ރެކޯޑިންގ، ވީޑިއޯ ގޭމް ނުވަތަ އިލެކްޓްރޯނިކް ގޭމް، ފޮޓޯއާއި ކުރެހުން، ޕާރފޯމިންގ އާޓްސް، އަދަބީ އުފެއްދުން، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން އާންމުކުރާ ޗެނަލްތައް، އިޝްތިހާރު" މި ބާވަތްތަކެވެ.

            ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރީން ގިންތިކުރުމަކީ މުޖުތަމަޢުގެ ލާބައާއި މަންފާއަށް ޓަކައި މުހިންމު ކަމެކެވެ. މި ގޮތުގެ މަތީން ގިންތިކުރުމުގެ ސަބަބުން މުޖުތަމަޢު ގަބޫލުކުރާ މިންގަނޑުތަކެއްގެ ތެރެއިން ކަނޑައެޅިފައިވާ މީޔާރަށް ބަލައި، ވަންހަނާކުރާންޖެހޭ މަޢުލޫމާތު ވަންހަނާކުރެވި، ހާމަކުރެވިދާނެ މަޢުލޫމާތު އެކަށީގެންވާ އުމުރުފުރާތަކަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ ތެރެއިން ހާމަކުރެވެއެވެ.

            ވީމާ، ދިވެހިރާއްޖޭގައި އާންމުކުރާ ފަންނީ އުފެއްދުންތައް އާންމުކުރެއްވުމުގެ ކުރީން، މި ބިއުރޯއަށް ހުށަހަޅުއްވައިގެން ގިންތިކުރެއްވުމަށް ފަހު، އެ އުފެއްދުމަކީ ކޮން އުމުރުފުރައަކަށް އެކަށޭނަ އުފެއްދުމެއްކަން އެނގޭނޭ ގޮތަށް، ގިންތިކުރި އުމުރުފުރާގެ ނިޝާން ފެންނާން ހުންނާނޭހެން އާންމުކުރެއްވުމަށް ދަންނަވައި މި ކަން އިޢުލާންކުރަމެވެ.

23 ޖޫން 2026