ބީލަން
ނަންބަރު: (IUL)422-B1/422/2026/24
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 23:44
ސުންގަޑި: 25 ޖޫން 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގައި ހުރި އޭސީ ސާރވިސްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި މިސްކިތްތަކުގައި ހަރުކޮށްފައިވާ އޭސީތައް ސާރވިސް ނުކުރެވި ގިނަ ދުވަސްވެފައިވާތީ، މި ތަންތަނުގެ އޭސީތައް ފުލްސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 25 ޖޫން 2026 ވާ ބްރާސްފަތި ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާގެ [email protected] މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. ރަޖިސްޓްރީ ވާ ފަރާތްތަކަށް މިކަމާއި ގުޅިގެން ތައްޔާރުކުރެވިފައިވާ މައުލޫމާތް ކަރުދާސް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތް ކަރުދާހާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ 1 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00 ކުރިން މަތީގައިވާ މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2 ޖުލައި 2026 ވާ ބްރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމަގައެވެ.

ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޖޫން 2026