ދިވެހިރާއްޖެ
މަގުމަތީ ލައިޓް، ބަނދަރު ލައިޓް، މިސްކިތްތަކުގެ ލައިޓް އަދި ސައުންޑް ސިސްޓަމްގެ އިތުރުން ކައުންސިލް އިދާރާގެ ލައިޓްތައް މަރާމާތްކޮށް ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 25 ޖޫން 2026 ވާ ބްރާސްފަތި ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާގެ [email protected] މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. ރަޖިސްޓްރީ ވާ ފަރާތްތަކަށް މިކަމާއި ގުޅިގެން ތައްޔާރުކުރެވިފައިވާ މައުލޫމާތް ކަރުދާސް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތް ކަރުދާހާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ 1 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00 ކުރިން މަތީގައިވާ މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2 ޖުލައި 2026 ވާ ބްރާސްފަތި ދުވަހުގެ 14:00 ގައި މި އިދާރާގެ މީޓިންގ ރޫމަގައެވެ.
ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.