ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-HRS/199/2026/84
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 30 ޖޫން 2026 13:30
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޑިރެކްޓަރ - ހިއުމަން ރިސޯސް

                                                              

އިޢުލާނު

މަޤާމު:

ޑިރެކްޓަރ - ހިއުމަން ރިސޯސް

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 9 - ސްޓެޕް 1

ސެކްޝަން/ ޔުނީޓް

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަހަކު 16080.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 7505.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/205 (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެޖެންސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގުމާއި ހިއުމަން ރިސޯސް ސެކްޝަންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. އެޖެންސީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ދެނެގަނެ އެމުވައްޒަފުން ހޯދުމުގެ މަސައްކަތްތައް ސިވިލްސަރވިސްގެ ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ރާވައި ހިންގުން.
  3. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ މަސައްކަތްތަކަށް ބޭނުންވާ ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސްތައް (SOP) ތައްޔާރުކުރުމާއި، ސިވިލް ސަރވިސްގެ ޤަވާޢިދާއި އުސޫލުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ނުވަތަ އޮފީހުގެ އިދާރީ ހިންގުމަށް އަންނަ ބަދަލަކާ އެއްގޮތަށް އެސް.އޯ.ޕީ ތައް އަދާހަމަކޮށް އެޖެންސީގެ ޕްލޭނިންގ ސެކްޝަނާ ހިއްސާކުރުން.
  4. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ ގެ ސެކްރެޓޭރިއަޓުގެ އެންމެހައި ކަންކަން ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި، އެ ކޮމިޓީން ނިންމާ ކަންކަން މުވައްޒަފުންނާ ޙިއްސާކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  5. މުވައްޒަފުންގެ މަސައްކަތްތައް ޕަރފޯމަންސް ބެލޭނެ ނިޒާމެއް ގާއިމުކުރުމާއި މުވައްޒަފުންނާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ސިވިލްސަރވިސްގެ ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ރާވައި ހިންގުން.
  6. ހަމަޖެހިފައިވާ އުޞޫލުގެ ދަށުން މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒް ކުރުމާއި ސިވިލްސަރވިސް އަށް ހުށަހަޅަންޖެހޭ ރިޕޯރޓުތައް ހުށަހެޅުމުގެ މަސައްކަތް ރާވައި ހިންގުން.
  7. މުވައްޒަފުން ގެ ހުނަރު ތަރައްޤީކުރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ ކޮންމެ އަހަރެއްގެ ވެސް އަހަރުފެށޭއިރު އެޖެންސީ ގެ ޓްރެއިނިންގ ރިކުއަރމެންޓެއް ތައްޔާރުކުރުން. އަދި މި ޓްރެއިނިންގ ރިކުއަރމެންޓްގައި ކަނޑައެޅިފައިވާ ޓްރެއިނިންގ މުވައްޒަފުންނަށް ހޯދައިދިނުމުގެ މަސައްކަތް ކުރުމާއި އެކަމަށް ބޭނުންވާ ފަންޑް ބަޖެޓްކުރުން އަދި ފަންޑް ހޯދުމަށް މަސައްކަތް ކުރުން.
  8. މުވައްޒަފުންގެ އެނުއަލް ލީވް ޕްލޭން އެކުލަވާލުމާއި ލީވް ޕްލޭނާއި އެއްގޮތަށް މުވައްޒަފުންނަށް ޗުއްޓީ ނެގޭނެ އިންތިޒާމް ހަމަޖެއްސުން.
  9. ހަމަޖެހިފައިވާ އުޞޫލުގެ ދަށުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ބޭނުންވާ ބަޖެޓް ތައްޔާރުކޮށް ފައިނޭންސް ސެކްޝަނާ ހިއްސާކުރެވޭކަން ކަޝަވަރުކުރުން.
  10. އެޖެންސީގެ ހިއުމަން ރިސޯސް މެނޭޖްމެންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކޮށް އަދި ޕަރފޯމަންސް އެޕްރެއިޒަލް ހެދުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުން، އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  1. އެޑްމިނިސްޓްރޭޝަން 
  2. އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް 
  3. ބިހޭވިއަރަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީ 
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  5. ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް 
  6. ބިޒްނަސް މެނޭޖްމަންޓް 
  7. ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  8. ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް 
  9. ހިއުމަން ކެޕިޓަލް ލީޑަރޝިޕް 
  10. ހިއުމަން ކެޕްޓަލް މެނޭޖްމަނަޓް 
  11. ހިއުމަން ޑިވެލޮޕްމަންޓް 
  12. ހިއުމަން މެނޭޖްމަންޓް އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް 
  13. ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް 
  14. ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް 
  15. ހިއުމަން ރިސޯސް އެންޑް ނޯލެޖް މެނޭޖްމަންޓް 
  16. ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް 
  17. ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  18. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް 
  19. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓަލަންޓް މެނޭޖްމަންޓް 
  20. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރޭނިންގ 
  21. ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް 
  22. ހިއުމަން ރިސޯސަސް 
  23. ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން 
  24. ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއިމަންޓް 
  25. ހިއުމަން ރިސޯސަސް އެންޑް އޯގަނައިޒޭޝަނަލް ބިހޭވިއަރ 
  26. ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް 
  27. ހިއުމަން ޓެލަންޓް މެނޭޖްމަންޓް 
  28. ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  29. ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް 
  30. ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް 
  31. މެނޭޖްމަންޓް 
  32. މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް 
  33. މެނޭޖްމަންޓް ސައިކޮލޮޖީ 
  34. އޯގަނައިޒޭޝަނަލް ޑިވެލޮޕމަންޓް 
  35. އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ 
  36. އޯގަނައިޒޭޝަނަލް ސައިކޮލޮޖީ 
  37. ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  38. ޕަރސަނަލް މެނޭޖްމަންޓް 
  39. ޕަރސަނަލް މެނޭޖްމަންޓް އެންޑް ލޭބަރ ޕްރެކްޓިސް 
  40. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  41. ޕަބްލިކް ޕޮލިސީ 
  42. ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  43. ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް 
  44. ވަރކް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ 
  45. ވަރކް ސައިކޮލޮޖީ 
  46. ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް 
  47. ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް / ގުޅޭ ވަޒީފާގެ ދާއިރާ

  1. އިންސާނީ ވަސީލަތްތަކާގުޅުންހުރި މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. އުތުރުވެހި، 6 ވަނަ ފަންގިފިލާ، ކެނެރީ މަގު) ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2026 ޖުލައި 02 އާއި 2026 ޖުލައި 30 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭކ.މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

22 ޖޫން 2026