ދިވެހިރާއްޖެ
-
ތުޅާދޫ ސްކޫލަށް 90 އަހަރުފުރޭ މުނާސަބަތުގައި ބޭނުންކުރާނެ ޓީޝާޓް ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 11 ޖޫން 2026 ވަނަ ދުވަހު ކުރެވުނު އިއުލާނަށް އެކަށީގެންވާ ބިީލަމެއް ލިބިފައިނުވާތީ މިކަމަށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުއްވުން އެދެމެވެ.
-
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
-
ބިޑް ރެޖިސްޓްރޭޝަން ލިންކް: https://forms.gle/ejHGYYiq3m6cJQ419
-
ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
-
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 05 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7339322 އަށް ވައިބަރ ކުރެއްވުން އެދެމެވެ.
-
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 06 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 10:00 ގައި ތުޅާދޫސްކޫލްގެ މީޓިންގ ރޫމުގައެވެ. ބިޑް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހަޅުއްވަން ދުރުވާނަމަ، ބިޑް ހުށަހަޅުއްވަނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ވަޑައިގަތުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތުޅާދޫ ސްކޫލް
ބ. ތުޅާދޫ، ދިވެހިރާއްޖެ.
ފޯން: 6600136 / 7339322
އީ-މެއިލް: [email protected]