ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)U6-HC/U6-HC/2026/22
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 28 ޖޫން 2026 10:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ބޭނުންކޮށް ގިނަދުވަސްވެފައިވާ އަދި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން 2.

                                 އިއުލާން

ބޭނުންކޮށް ގިނަދުވަސްވެފައިވާ އަދި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން.

          މި ސިއްޙީ މަރުކަޒުގައި ބޭނުންކޮށް ގިނަދުވަސްވެފައިވާ އަދި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން އޮންނާނީ 29 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އއ. ބޮޑުފޮޅުދޫ ސިއްޙީ މަރުކަޒުގައެވެ.

ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކުމާއި ތަކެތި ގެންދިއުމުގައި އަމަލުކުރަންޖެހޭ ގޮތް:

  1. ނީލަމުން ތަކެތި ކާމިޔާބު ކުރައްވާ ފަރާތްތަކަށް ތަކެތި ދޫކުރެވޭނީ، އެ ތަކެއްޗަށްވާ ފައިސާ ދެއްކުމަށްފަހު، ފައިސާ ދެއްކި ރަސީދު ހުށަހެޅުމުންނެވެ.
  2. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި ޞިއްޙީ މަރުކަޒުގެ އޯ.ޕީ.ޑީ (OPD) ކައުންޓަރުންނެވެ.
  3. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން، ނީލަން ނިމޭ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި އެ ތަކެތި ގެންގޮސް ނިންމަންވާނެއެވެ.
  4. ނީލަން ކިޔުމަށްފަހު، ތަކެތި ނުގެންގޮސް ބަހައްޓާ ވަގުތުތަކުގައި އެ ތަކެއްޗަށް ލިބޭ އެއްވެސް އުނިކަމަކަށް ނުވަތަ ގެއްލުމަކަށް މި ޞިއްޙީ މަރުކަޒުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.

            ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            

22 ޖޫން 2026