ބީލަން
ނަންބަރު: 1058/IUL/2026/05
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 28 ޖޫން 2026 13:00
ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ލ.އަތޮޅު މަދަރުސާގެ ކުލާސްރޫމްތަކުގައި އޭސީ ހަރުކުރުމާއި ކަރަންޓް ވައިރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރު

   1058/IUL/2026/05

ޕްރޮކިއުމަންޓް ނަންބަރު:

  MOE-GS28/PR/2026/01

 
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކޫލް ސްކޫލް ޕުރޮޖެކްޓްގެ ދަށުން މިމަދަރުސާގެ ކުލާސްރޫމްތަކުގައި އޭސީ ހަރުކުރުމާއި ކަރަންޓް ވައިރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެ:

  1. ކޫލް ސްކޫލް ޕުރޮޖެކްޓްގެ ދަށުން މިމަދަރުސާގެ ކުލާސްރޫމްތަކުގައި އޭސީ ހަރުކުރުމާއި ކަރަންޓް ވައިރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 22 ޖޫން 2026 ން 28 ޖޫން 2026 ގެ 13:00 ގެ ނިޔަލަށް މިއިޢުލާނުގައިވާ ލިންކް މެދުވެރިކޮށް  "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.''ބިޑް ރަޖިސްޓްރީ ފޯމް'' ގެ ލިންކް: https://forms.gle/dHywh9hd3VYmPWbV6
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖޫން 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖުލައި 6 ވަނަ ދުވަހުގެ 11:00 ގައިމިމަދަރުސާގެ އިދާރާގައެވެ.
  6. މިޕްރޮކިއުމަންޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

  • ލ.އަތޮޅުމަދަރުސާ
  • ތަޢުލީމީ ހިނގުން، މާބައިދޫ، ދިވެހިރާއްޖެ.                                          
  • ފޯން: 6800506 / 6800008
  • އީ-މެއިލް: [email protected]
  • ކޮޕީ-މެއިލް: [email protected]

7 މުޙައްރަމް 1448

22 ޖޫން 2026