ބީލަން
ނަންބަރު: (IUL)255/255/2026/28
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 09 ޖުލައި 2026 13:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތީމު ގަނޑުވަރު ސަރަޙައްދު ލޭންޑްސްކޭޕްކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހއ.އުތީމު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އުތީމު ގަނޑުވަރު ސަރަޙައްދު ލޭންޑްސްކޭޕްކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ހީރަސްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް ބީލަން ފޮތާއި، ބިޑު ހުށަހަޅާ ފޯމާއި، މަސައްކަތުގެ ތަފްޞީލީ ކުރެހުންތަކާއި އަދި ބީ.އޯ.ކިއު ހިއްސާކުރެވޭނެއެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ. 

ބިޑް ހުށަހެޅުން އޮންނާނީ 09 ޖުލައި 2026  ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ހއ.އުތީމު ކައުންސިލްގެ އިދާރާގައެވެ.

 ތިރީގައިވާ ލިޔުންތަކަކީ ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް:

-          ބީލަން ފޯމް

-          އެސްޓިމޭޓް        

-           ޕްރޮފައިލް

-          ކުންފުނީގެ ރަޖިސްޓްރީ

-          ޖީ.އެސް.ޓީ ރަޖިސްޓްރީ

-          ޓެކްސް ކްލިއަރަންސް

-          އެސް.އެމް.އީ ރަޖިސްޓްރީ

-          ޖުމްލަ އަގު 500,000.00 (ފަސްލައްކަ ރުފިޔާ) އައްވުރެ މަތިވާނަމަ ޖުމްލަ އަގުގެ %1 ގެ ބިޑް ސެކިއުރިޓީ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500038 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

22 ޖޫން 2026