ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-HR/30/2026/74
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 01 ޖުލައި 2026 13:30
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ސީނިއަރ ފިޝަރީޒް މެނޭޖްމެންޓް އޮފިސަރ/ ފިޝަރީޒް ރިސޯސް މެނޭޖްމަންޓް ސެކްޝަން

މަޤާމް:

ސީނިއަރ ފިޝަރީޒް މެނޭޖްމެންޓް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-449557

ބޭނުންވާ ޢަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 – ސްޓެޕް 1

ޖޮބް ފެމެލީ/ޖޮބް މެޓްރިކްސް:

ސައިންސް އެންޑް ބިލްޓް އެންވަޔަރަންމަންޓް ސަރވިސް  / ފިޝަރީޒް ގަވަރނަންސް، މެނޭޖްމެންޓް އެންޑް ޑިވެލޮޕްމެންޓް  ޕްރޮފެޝަނަލުން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް / ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މެނޭޖްމަންޓް ޑިޕާޓްމަންޓް / ފިޝަރީޒް ރިސޯސް މެނޭޖްމަންޓް ސެކްޝަން، ކ. މާލެ

މުސާރަ:

-/10525 ރުފިޔާ

މަގާމުގެ އެލަވަންސް:

-/4915 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/135 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ދިވެހިރާއްޖޭގެ މަސްވެރިކަން ރާވައި، ހިންގާ ބެލެހެއްޓުމަށް ނިޒާމްތަކެއް ކަނޑައަޅައި ތަންފީޒު ކުރުން.
  • ދިވެހިރާއްޖޭގައި ކުރާ ކަނޑުގެ ދިރުންތަކުގެ ތަޙްލީލްކުރުމަށް ދޫކުރާ ހުއްދަތަކުގެ މަސައްކަތް ކުރުން.
  • މަސްވެރިކަމުގެ ދާއިރާގައި ހިމެނޭ ބޭރުގެ އެކި ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުން ރާވައި ހިންގާ ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ތަންފީޒު ކުރުން.
  • ދިވެހިރާއްޖޭގައި ކުރާ އެކިއެކި މަސްވެރިކަމުގެ ޙާލަތު ބަޔާންކުރާ ރިޕޯރޓްތައް ތައްޔާރުކުރުން.
  • މޮނިޓަރިންގ ކޮންޓްރޯލް އެންޑް ސަރވައަލަންސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވުން.
  • މޮނިޓަރިންގ ކޮންޓްރޯލް އެންޑް ސަރވައަލަންސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠު:

1-      މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަގާމުގެ މަސައްކަތާގުޅޭ ތައުލީމީ ދާއިރާތައް:

  • އެޑްވާންސްޑް ވޯޓަރ މެނޭޖްމަންޓް ، އެނިމަލް ސައިންސް އެންޑް ފިޝަރީޒް ، އެޕްލައިޑް ކޯސްޓަލް އެންޑް މެރީން މެނޭޖްމަންޓް ، އެޕްލައިޑް މެރީން އެންޑް ފިޝަރީޒް އިކޮލޮޖީ ، އެޕްލައިޑް މެތަމެޓިކްސް، އެކުއާކަލްޗަރ، އެކުއަކަލްޗަރ އެންޑް އެކުއަޓިކް ރިސޯސަސް މެނޭޖްމަންޓް ،އެކުއަކަލްޗަރ އެންޑް ފިޝަރީޒް، އެކުއަކަލްޗަރ އެންޑް ފިޝަރީ މެނޭޖްމަންޓް، އެކުއަކަލްޗަރ އެންޑް ފިޝަރީ ޓެކްނޯލޮޖީ ، އެކުއަކަލްޗަރ މެނޭޖްމަންޓް އެންޑް ޕްރޮޑަކްޝަން ، އެކުއަޓިކް ފުޑް ޕްރޮޑަކްޝަން ، އެކުއަޓިކް ހެލްތު، އެކުއަޓިކް ސައިންސް، އެކުއަޓިކް ސައިންސް އެންޑް ޓެކްނޯލޮޖީ ، ބަޔޯޑައިވާސިޓީ ، ބަޔޯއިންޖިނިއަރިންގ ، ބޯޓް ބިލްޑިންގ ، ސިވިލް އިންޖިނިއަރިންގ ، ކޮމްޕިއުޓޭޝަނަލް މެތަޑްސް އިން އިކޮލޮޖީ އެންޑް އިވޮލިއުޝަން ، ކޮންޒަރވޭޝަން ،ކޮންޒަރވޭޝަން ބަޔޮލޮޖީ، ކޮންޒަރވޭޝަން ޕޮލިސީ، ކޮންޒަރވޭޝަން ސައިންސް، ޑޭޓާ ސައިންސް، އިކޮލޮޖީ، އިކޮނޮމިކްސް، އެންވަޔަރަމަންޓް މެނޭޖްމަންޓު، އެންވަޔަރަންމަންޓަލް އިކޮނޮމިކްސް، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ، އެންވަޔަރަންމަންޓަލް ސައިންސް، އިތިއޮލޮޖީ އެންޑް ފިޝަރީޒް ސައިންސް، ފައިބަރ ގްލާސް ޓެކްނޯލޮޖީ، ފިޝް ކޮންޒަރވޭޝަން، ފިޝް ޓެކްނޯލޮޖީ އެންޑް އިންޖިނިއަރިންގ ، ފިޝަރީޒް އެންޑް އެކުއަޓިކް ޓެކްނޯލޮޖީ ، ފިޝަރީޒް އެންޑް މެރީން ސައިންސަސް ، ފިޝަރީޒް އެންޑް ވޯޓަރ ރިސޯސަސް، ފިޝަރީޒް އެންޑް ވައިލްޑްލައިފް އިކޮލޮޖީ، ފިޝަރީޒް ބަޔޮލޮޖީ، ފިޝަރީޒް ކޮމްޕްލަޔަންސް، ފިޝަރީޒް އިކޮނޮމިކްސް ، ފިޝަރީޒް އިންފްރާސްޓްރަކްޗަރ އެންޑް ޑިވެލޮޕްމަންޓް، ފިޝަރީޒް ލޯ ، ފިޝަރީޒް މެނޭޖްމަންޓް ، ފިޝަރީޒް މެނޭޖްމަންޓް އެންޑް ޓެކްނޯލޮޖީ، ފިޝަރީޒް ޕޮލިސީ، ފިޝަރީޒް ޕްރޮމޯޝަން އެންޑް މާކެޓިންގ ، ފިޝަރީޒް ރިސަރޗް، ފިޝަރީޒް ސައިންސް، ފިޝަރީޒް ސައިންސް އެންޑް ޓެކްނޯލޮޖީ، ފިޝަރީޒް ޓެކްނޯލޮޖީ، ފިޝަރީޒް ޓްރޭޑް ރިލޭޝަންސް،ފިޝަރީ ރިސޯސަސް ، ފިޝިންގ ގިއަރ ޓެކްނޯލޮޖީ ، ފިޝިންގ ޓެކްނޯލޮޖީ ، ފުޑް ސައިންސް ، ފުޑް ޓެކްނޯލޮޖޯ، ހެލްތު މެނޭޖްމަންޓް އިން އެކުއަކަލްޗަރ، ހައިޑްރޯމޯފޮލޮޖީ، އިންޑަސްޓްރިއަލް މެނުފެކްޗަރިންގ، ލޯ ބްލޫ އިކޮނޮމީ އެންޑް ސަސްޓެއިނަބަލް ފިޝަރީޒް، މެނޭޖްމަންޓް އޮފް ފިޝް އެންޑް ވައިލްޑްލައިފް ޕޮޕިއުލޭޝަންސް، މެރިކަލްޗަރ ، މެރީން އެފެއާޒް، މެރީން އެންޑް ކޯސްޓަލް ރިސޯސަސް މެނޭޖްމަންޓް ، މެރީން އެންޑް ޓެރިސްޓްރިއަލް ކޮންޒަރވޭޝަން ،މެރީން ބަޔޮލޮޖީ ، މެރީން ކޮންޒަރވޭޝަން، މެރީން އިކޯ ސިސްޓަމްސް އެންޑް ގަވަރނަންސް، މެރީން އިކޯ ސިސްޓަމްސް މެނޭޖްމަންޓް، މެރިން އިންޖީނިއަރިންގ، މެރީން އެންވަޔަރަންމަންޓް އެންޑް ރިސޯސަސް، މެރީން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން ، މެރީން މެނޭޖްމަންޓް ، މެރީން ރިސޯސް މެނޭޖްމަންޓް، މެރީން ސައިންސް ، މެރީން ޒޫލޮޖީ ، މެރިޓައިމް އެފެއާޒް ، މެރިޓައިމް ލޯ ، މެރިޓައިމް ޕޮލިސީ، މެތަމެޓިކަލް މޮޑެލިންގ، ނެޗުރަލް ރިސޯސަސް (ފިޝަރީޒް ކޮންޒަރވޭޝަން އެންޑް މެނޭޖްމަންޓް)، ނޭވަލް އާކިޓެކްޗަރ ، ނެވިގޭޝަން ، އޯޝަން އިންޖިނިއަރިންގ، އޯޝަން މެޕިންގ ، އޯޝަން ރިސޯސަސް، އޯޝަން ސައިންސް ، އޯޝަނޮގްރަފީ، ޕޯސްޓް ހާވެސްޓް ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް ، ރެފްރިޖެރޭޝަން އިންޖިނިއަރިންގ، ސްޓެޓިސްޓިކަލް މޮޑެލިންގ، ސްޓެޓިސްޓިކްސް، ސަސްޓެއިނަބަލް އެކުއަކަލްޗަރ ، ސަސްޓެއިނަބަލް ފިޝަރީޒް އެންޑް މެރީން ރިސޯސަސް ، ސަސްޓެއިނަބަލް ފިޝަރީޒް މެނޭޖްމަންޓް، ސަސްޓައިނެބަލް މެނޭޖްމަންޓް އޮފް ފިޝަރީ ރިސޯސަސް، ސަސްޓެއިނަބަލް އޯޝަން އެންޑް އެކުއަކަލްޗަރ މެނޭޖްމަންޓް، ވޯޓަރ ރިސޯސަސް މެނޭޖްމަންޓް، ވައިލްޑްލައިފް އެންޑް ފިޝަރީޒް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://fisheries.gov.mv/images/ApplicationForm-1757483427047.docx

  1.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ

  • އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

*ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 02 ޖުލައި 2026 އާއި 2026 ޖުލައި 2026 އާ ދެމެދު، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3339244 ނުވަތަ 3339211 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

22 ޖޫން 2026