ނީލަން
ނަންބަރު: 60-BD/2026/168
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 28 ޖޫން 2026 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ނީލަން ކިޔުން

"ރިޔާ 11" ނަމަކައް ކިޔާ ތެޔޮ ބާރޖު ނީލަމުގައި ވިއްކާލުމާ ބެހޭ (ރަޖިސްޓްރީ ނަންބަރ: C7496A-08[10-T)”

ބާރޖުގެ ތަފްސީލު:

ބާވަތް:

ތެޔޮ ބާރޖު

ބާރޖުގެ ނަން:

ރިޔާ 11

ދިގުމިން:

13.750 (މީޓަރު)

ފުޅާމިން:

3.720 (މީޓަރު)

ފުންމިން:

1.560 (މީޓަރު)

ގްރޮސްޓަނޭޖް:

15.680

ރަޖިސްޓްރީ ނަންބަރު:

C7496A-08-10-T

ވެރިފަރާތް:

މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް

މުދާ ރަހުނު ކުރެވިފައިވަނީ:

މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ކްރެޑިޓަށް މުދާދޫކުރުމަށް

ރަހުނު ވިއްކާލުމުގެ ހުއްދަ:

ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު:  ގެ ދަށުން 18 މެއި 2026 ގައި ދެއްވާފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ

މައުލޫމާތު ސާފުކުރުމަށާއި ބާރޖު ބަލައި ޗެކުކުރަމަށް:

ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ބާރޖު ބަލައި ޗެކުކުރަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ނަން ނޯޓު ކުރުން އަދި ބާރޖު ބަލައި ޗެކުކުރުން ކުރިޔަށްދާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  • އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 9181493 ފޯނަށް (މުޙައްމަދު ޝައިލަމް ސާނީޒް)

ބާރޖު ދެއްކުމަށް ހަމަޖެހިފައިވާ ގަޑި އަދި ދުވަސް:

  • ބާރޖު ބެލުމަށް ބޭނުންވާ ފަރާތްތަކުން 28 ޖޫން 2026 ވަނަ ދުވަހުގެ 10:00 އަށް މާލެ 1 ނަންބަރު ފާލަމަށް ވަޑައިގެން ދެއްވުން އެދެމެވެ. 1 ނަންބަރު ފާލަމުގައި އެސްޓީއޯގެ ލޯންޗް ގުޅީފަޅަށް ބާރޖު ބަލަން ދިއުމަށްޓަކައި ހަމަޖެހިފައިވާނެއެވެ.
  • ބާރޖު ބެލުމަށްޓަކައި އަމިއްލަަައަށް ގުޅީފަޅަށް ވަޑައިގަންނަވާ ބޭފުޅުން، 28 ޖޫން 2026 ވަނަ ދުވަހުގެ 9:45 ގެ ކުރިން 9181493 ފޯނަށް ގުޅުއްވައި އެކަން އަންގަވަންވާނެއެވެ.

ހުށަހެޅޭނެ އެންމެ ދަށް އަގު:

1,277,560ރ. (އެއްމިލިޔަން ދެލައްކަ ހަތްދިހަހަތްހާސް ފަސްސަތޭކަ ފަސްދޮޅަސް) ރުފިޔާ

އަގު ހުށަހެޅުން:

މ.އެސްޓީއޯ ހެޑް އޮފީސް، ކަނބާއައިސާރަނި ހިނގުން، މާލެ / 29 ޖޫން 2026 / 10:00

މިއުޅަނދު ނީލަމުގައި ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ، ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.

ސެޝަންގެ ތަފްސީލް

ތާރީޙް

ގަޑި

ތަން

ބާރޖު ދެއްކުމާއި މަޢުލޫމާތު ސާފުކުރުން

28 ޖޫން 2026

ހެނދުނު 10:00

ގުޅީފަޅު

އަގު ހުށަހެޅުން

29 ޖޫން 2026

ހެނދުނު 10:00

އެސް.ޓީ.އޯ ހެޑްއޮފީސް

ނީލަމުގެ ޝަރުތުތައް:

  1. ނީލަމުގައި ބައިވެރިވެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތަށް، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ނަން ނޯޓު ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. ނީލަން އަގު ހުށަހެޅުން އޮންނާނީ 29 ޖޫން 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު، 10:00 ޖަހާއިރު، އެސްޓީއޯ ހެޑް އޮފީސްގައެވެ.
  3. ނީލަން ފެށޭ އަގު: 1,277,560ރ. (އެއްމިލިޔަން ދެލައްކަ ހަތްދިހަހަތްހާސް ފަސްސަތޭކަ ފަސްދޮޅަސް) ރުފިޔާ.
  4. ނީލަން ކާމިޔާބު ކުރާ ފަރާތް ވަގުތުން އިއުލާން ކުރެވޭނެއެވެ. އަދި ނީލަން ކާމިޔާބް ކުރާފަރާތައް އެވޯޑު ނޯޓިފިކޭޝަން ޙަވާލުކުރެވޭނެވެ. އެވޯޑު ނޯޓިފިކޭޝަން ޙަވާލުކުރާތާ ނުވަތަ ފޮނުވާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އަގު އަދާކުރަންވާނެއެވެ. އަދި ފައިސާ މިކުންފުނިން އަންގާ ބޭންކް އެކައުންޓަކަށް ރިއަލައިޒްވާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ބާރޖު ޙަވާލުކުރެވޭނެއެވެ.
  5. ނީލަން ކާމިޔާބުކުރާ ފަރާތަށް ފައިސާ ދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާނަމަ، ނީލަން ބާޠިލްކުރުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  6. އެންމެ މަތިން އަގު ހުށަހެޅި ފަރާތަށް ދީފައިވާ މުއްދަތުގައި ފައިސާ ނުދެއްކިއްޖެނަމަ، ދެވަނައަށް އަދި ތިންވަނައަށް ދިޔަ ފަރާތަށް (ތަރުތީބުން) ފުރުސަތު ދިނުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. މިގޮތަށް ފުރުސަތު ދޭއިރު، ފައިސާ ނުދައްކާ (ޑީފޯލްޓް ވާ) ފަރާތް އުނިކުރެވޭނެއެވެ.
  7. ފައިސާ ދައްކައި ޚަލާސްކުރުމަށްފަހު، ދޯންޏާ ޙަވާލުވުމަށް މިކުންފުނިން އަންގާތާ 5 (ފަހެއް) ދުވަހުގެ (ބަންދު ދުވަސްތައް ހިމެނޭގޮތަށް) ތެރޭގައި ދޯންޏާ ޙަވާލުވާންވާނެއެވެ. ބަޔާންކޮށްފައިވާ މުއްދަތުގައި ބާރޖު ގެންގޮސްފައި ނުވާނަމަ، ބާރޖު އަލުން ނީލަންކިޔުމުގެ ފުރުސަތު މިކުންފުންޏަށް ލިބިގެންވެއެވެެ. މިފަދަ ޙާލަތެއްގައި، ނީލަން ކާމިޔާބުކުރި ފަރާތުން ނީލަމުގެ އަގުގެ ގޮތުގައި އެހާތަނަށް ދައްކާފައިވާ އެއްވެސް ފައިސާއެއް، އަނބުރާ އެފަރާތަށް ނުލިބޭނެކަމުގައި ދަންނަވަމެވެ.
  8. ނީލަންތަކުގައި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުން މިކުންފުނިން މުސްތަގުބަލުގައި ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ނީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9181493 ގުޅުއްވުން އެދެމެވެ.

22 ޖޫން 2026