ބީލަން
ނަންބަރު: (IUL)386/386/2026/50
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 01 ޖުލައި 2026 10:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ގުރައިދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް 2 ޓަނުގެ ޕަވަރ ގޭޓް ޕިކަޕެއް ހޯދުން

     އިޢުލާން ނަންބަރު:  (IUL)386/386/2026/50   

      ޕްރޮޖެކްޓް ނަންބަރު: 2026/03

 

އިޢުލާން

 

ތ.ގުރައިދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް 2 ޓަނުގެ ޕަވަރ ގޭޓް ޕިކަޕެއް ހޯދުން

މިކައުންސިލްގެ އިޢުލާން ނަންބަރު (IUL)386/386/2026/41 (07 ޖޫން 2026) އިން ތ.ގުރައިދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް 2 ޓަނުގެ ޕަވަރ ގޭޓް ޕިކަޕެއް ވިއްކަން ޝަޢުޤްވެރިވާ ފަރާތްތަކަށް ހުޅުވާލެވުނު ފުރުޞަތާ ގުޅިގެން ހުށަހަޅާފައިވާ ބީލަން ބޮޑުކަމަށް ފެންނާތީ، މިއިޢުލާން ބާޠިލްކޮށް ޕިކަޕް ވިއްކަން ބޭނުންފުޅުވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

              ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

              މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 ޖޫން 25ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ބިޑް ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.

              ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 2026 ޖޫން 28ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2026 ޖޫން 28ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން: 6780715

އީމެއިލް އައިޑީ:   [email protected]

ބީލަން ހުޅުވުން އޮންނާނީ 2026 ޖުލައި 1ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 މުޙައްރަމް 1448

22 ޖޫން 2026

22 ޖޫން 2026