ދިވެހިރާއްޖެ
ނަންބަރު: (IUL)391/391/2026/59
އިޢުލާން
ތިމަރަފުށީ ގަބުރުސްތާނު އެތެރެއާއި ބޭރު ވިނަނޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.
ތ. ތިމަރަފުށީ ކައުންސިލް އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، ޤަބުރުސްތާނުގެ އެތެރެއާއި ބޭރު ވިނަކޮށައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ޖޫން 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 10:00 ގައި މި އިދާރާގައެވެ. އަދި އަގު ހުށައެޅުން އޮންނާނީ 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މި އިދާރާގައެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780674 ނަންބަރާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.